ހިތުގެ ބަލިތަކާ ދެކޮޅަށް ރާސްބެރީ
ހިތުގެ ބަލިތަކާ ދެކޮޅަށް ރާސްބެރީ

ރާސްބެރީއަކީ ރާއްޖޭގައި ހެދޭ ބާވަތެއް ނޫން ނަމަވެސް މިއީ މިހާރު ބާޒާރުން ފަސޭހަކަމާ އެކު ލިބެން ހުންނަ އެއްޗެކެވެ. އެހެންވެ އާންމުކޮށް ކާ މޭވާތަކުގެ ލިސްޓަށް މިއީ ވެސް އިތުރުކޮށްލަން ވަރަށް މުހިއްމު އެއްޗެކެވެ.

ހިތުގެ ބަލިތަކާ ދެކޮޅަށް ރާސްބެރީ
ހިތުގެ ބަލިތަކާ ދެކޮޅަށް ރާސްބެރީ

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ތާޒާ ރާސްބެރީ ކެއުމުގެ އިތުރަށް، އެއިން ޖޫސް ގިރައިގެން ވެސް ބޯ ނަމަ ހިތުގެ މައްސަލަތަކުން ދުރުކޮށް ދޭނެ އެވެ.

ދި އާކައިވް އޮފް ބައޯކެމިސްޓްރީ އެންޑް ބައޯފިޒިކްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ކިންގްސް ކޮލެޖް ލަންޑަންގެ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އާދަކޮށް ރާސްބެރީ ބޭނުން ކުރާ ނަމަ ހިތުގެ މައްސަލަތައް 15 ޕަސެންޓަށް ދަށްކޮށްދެ އެވެ. އަދި ރާސްބެރީ ބޭނުން ކުރުމުން ހަށިގަނޑުގެ ލޭ ހޮޅިތައް ސާފުކޮށް ދިނުމަށް ބާރު އަޅަ އެވެ.

މީގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ހަމައަކަށް އަޅުވައިދީ، ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ލޭ ދައުރުކޮށް ދިނުމުގައި އިސް ދައުރެއް އަދާ ކުރެ އެވެ. އެހެންވެ ރަތް ކުލަގަދަ ރާސްބެރީއަކީ ވަކިން ހާއްސަކޮށް ފައިދާތައް ގިނަ މޭވާއެއްގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދަ ނެޝަނަލް ޕްރޮސެސްޑް ރާސްބެރީ ކައުންސިލްގެ އެކްޒެކެޓިވް ޑިރެކްޓަރު ޓޮމް ކްރުގްމަން ވިދާޅުވި ގޮތުގައި ތާޒާ ރާސްބެރީގެ އިތުރަށް ގަނޑުކޮށްފައި ހުންނަ ރާސްބެރީން ޖޫސް ތައްޔާރުކޮށްގެން ބުއިމަކީ ކުޑަކަމުން ދިއުން ފަދަ ކަންކަމުގައި ދިމާވާ މައްސަތަކަށް ވެސް ހައްލު ގެނުވައި ދޭނެ ކަމެކެވެ.

މި ފައިދާތަކާ އެކު ދިރާސާގައި ވެސް އިރުޝާދު ދެނީ މޭވާ ލިސްޓަށް ރާސްބެރީއަކީ އިތުރުކޮށްލުމަށެވެ.