17 ޖުލައި 2018 - 16:31

ޗެންނާއީ (ޖުލައި 17) - އިންޑިއާގެ ދެކުނުގެ ޗެންނާއީގެ އެޕާޓްމަންޓެއްގައި އުމުރުން 11 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށްގެން 17 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެތައް ދުވަހެއް ވަންދެން އެ ކުއްޖާ ރޭޕްކުރުމުގައި އެ އިމާރާތުގެ ސެކިއުރިޓީ ގާޑާއި ލިފްޓް އޮޕަރޭޓަރާއި ފެން ސަޕްލައި ކުރާ މީހާ ވެސް ބައިވެރިވެފައިވާ ކަމަށެވެ. ފުލުހުން ބުނީ ރޭޕް ކުރި މީހުން ވަނީ އެ ކުއްޖާ އަށް ނިދާ ބޭސް ދީފައިވާ ކަމަށެވެ. މީގެ ކުރިން އެ މީހުން ވަނީ އެ ކުއްޖާ އަށް އެތައް ގޮތަކުން ބިރު ދައްކާފައި ކަމަށެވެ.
އެކަމަކު އެ އަންހެން ކުއްޖާ އެންމެ ފަހުން ވަނީ އެ ވާހަކަތައް އޭނާގެ ދައްތައަކަށް ކިޔައިދީފަ އެވެ. އަދި އެ ދައްތަ ވަނީ އެ މީހުންގެ ބެލެނިވެރިންގެ ސަމާލު ކަމަށް އެ ކަން ގެނެސްފަ އެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ކުއްޖާގެ މަންމަ އެވެ.
މި މަހު ކުރީކޮޅު ޗެންނާއީގައި ވަނީ 10 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށްގެން، ރިޓަޔާކޮށްފައިވާ 99 އަހަރުގެ ޕްރިންސިޕަލަކު ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާ އާއިލާއާ އެކު ދިރިއުޅެމުން ދިޔައީ 99 އަހަރުގެ މީހާ ކުއްޔަށް ދީފައިވާ ގެއެއްގަ އެވެ.