ޓްރޫކޯލާ އިން ފޯން ކޯލް ރެކޯޑްކުރެވޭ ގޮތް ހަދައިފި
ޓްރޫކޯލާ އިން ފޯން ކޯލް ރެކޯޑްކުރެވޭ ގޮތް ހަދައިފި

ޓްރޫކޯލާ އިން ކޯލް ރެކޯޑްކުރެވޭ ގޮތް ހަދައިފި އެވެ. މިއީ ވިންޑޯޒް ފޯނުތަކަށް ޓްރޫކޯލާ ހުއްޓާލުމަށް ފަހު، ޓްރޫކޯލާ އެންޑްރޮއިޑް އެޕްލިކޭޝަނަށް އާ ފީޗާތައް އިތުރުކުރަން ޑިވެލޮޕަރުން ކުރި މަސައްކަތެކެވެ.

ޓްރޫކޯލާ ގިނަ މީހުން ބޭނުންކުރަނީ، ކޯލަށް ޖަވާބުދިނުމުގެ ކުރިން، ގުޅާ މީހަކު ދެނެގަތުމަށެވެ. ޑިވެލޮޕަރުން ބުނާ ގޮތުގައި، ޓްރޫކޯލާގެ ބޭނުމަކީ ވެސް އެއީ އެވެ. ޓްރޫކޯލާ އިން ފޯން ކޯލް ރެކޯޑްކުރެވޭ ގޮތް ހެދުމުން، ޖެއްސުންކުރަން ކުރާ ކޯލްތައް މަދުވާނެ ކަމަށް ޑިވެލޮޕަރުން އުންމީދުކުރެ އެވެ.

ޑިވެލޮޕަރުން އާންމުކުރި ނޯޓެއްގައި ބުނަނީ، ޓްރޫކޯލާ މެދުވެރިކޮށް ކޯލް ރެކޯޑްކުރެވޭ ގޮތް ހެދުމަށް ގިނަ ބަޔަކު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ގިނަ ބަޔަކު ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރެއް ކަމަށެވެ.

ބައެއް ގައުމުތަކުގައި، ހުއްދަނެތި ފޯން ކޯލް ރިކޯޑްކުރުމަކީ މަނާކަމެކެވެ. އެހެން ނަމަވެސް، ޓްރޫކޯލާ އަށް އެ ފީޗާ އިތުރުކުރުމުން، ކޮންމެ މީހަކު ކުރާ ކޯލެއް ވެސް ރެކޯޑްކުރުމުގެ ފުރުސަތު، ޓްރޫކޯލާ ބޭނުންކުރާ މީހުންނަށް ލިބެ އެވެ. އެހެންކަމުން، ޓްރޫކޯލާ ކަހަލަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކޯލް ރިކޯޑްކޮށްފާނެ ކަމަށް ބަލައިގެން އުޅެފި ނަމަ، ސަލާމަތްވީ އެވެ.

ޓްރޫކޯލާ މެދުވެރިކޮށް ފޯން ކޯލް ރިކޯޑްކުރުމަށްޓަކައި އެ ޚިދުމަތް ގަންނަން ޖެހެ އެވެ. މާނަ އަކީ ޓްރޫކޯލާ އިން ކޯލް ރެކޯޑްކުރުމަށް ޕްރީމިއަމް އެކައުންޓެއް އޮންނަން ޖެހެ އެވެ. ނަމަވެސް، ޓްރޫކޯލާ ޕްރީމިއަމް ތަޖުރިބާކުރަން އެދޭ ނަމަ، 14 ދުވަސް ވަންދެން ހިލޭ ބޭނުންކުރެވެ އެވެ.

ޓްރޫކޯލާ ބޭނުންކުރާ މީހަކު ކޯލް ރެކޯޑްކުރަން އެދޭ ނަމަ ކުރަން ޖެހޭހާ ވެސް ކަމަކީ، ވާހަކަދައްކަން ފެށުމުގެ ކުރިން، ކޯލާ އައިޑީ ސްކްރީނުން އެ ޚިދުމަތަށް ފިތާލުމެވެ. އެއާ އެކު ދެކޮޅުން ދައްކާ ވާހަކަތައް ރެކޯޑްކުރެވި ފޯނުގައި ރައްކާކުރެވެ އެވެ. ރެކޯޑްކުރާ ފައިލްތައް ފޯނަށް ރެކޯޑްކުރެވޭކަން ދެނެހުރުމަކީ ވެސް މުހިންމު ކަމެކެވެ. އެ ނޫން ގޮތެއްގައި، ފޯނުގެ ސްޓޯރޭޖް ފުރި، ނޫން ނަމަ ސްޓޯރޭޖުން ބޮޑު ބައެއް ފުރި، ކުރަން ހުރި އެހެން މަސައްކަތްތަކަށް ދަތިވުން އެކަށީގެންވެ އެވެ.