ވިލާ ކޮލެޖު ކެމްޕަސްތަކުގެ މެނޭޖަރުންނަށް ފޯރަމެއް ފަށައިފި
ވިލާ ކޮލެޖު ކެމްޕަސްތަކުގެ މެނޭޖަރުންނަށް ފޯރަމެއް ފަށައިފި

ރަށްރަށުގައި ވިލާ ކޮލެޖުން ހިންގަމުން އަންނަ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުގެ މެނޭޖަރުންނަށް، މައުލޫމާތު ދިނުމުގެ ފޯރަމެއް މިއަދު ފަށައިފި އެވެ.

ވިލާ ކޮލެޖު ކެމްޕަސްތަކުގެ މެނޭޖަރުންނަށް ފޯރަމެއް ފަށައިފި
ވިލާ ކޮލެޖު ކެމްޕަސްތަކުގެ މެނޭޖަރުންނަށް ފޯރަމެއް ފަށައިފި

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ފޯރަމްގައި ހަ ކެމްޕަހާއި 15 ލާނިން ސެންޓަރުގެ ތެރެއިން، އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ތަންތަނުގެ އިސްވެރިން ބައިވެރިވި އެވެ. އޭގެ އިތުރުން ވިލާ ކޮލެޖުގެ ޑިޕާޓްމަންޓުތަކާއި ފެކަލްޓީތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވައިގަންނަވަ އެވެ.

ވިލާ ކޮލެޖުގެ ކެމްޕަސްތައް ހިންގަމުން އަންނަނީ، ހދ. ކުޅުދުއްފުށީ، ށ. ފުނަދޫ، ޅ. ނައިފަރު، އދ. މަހިބަދޫ، ސަން އައިލެންޑް ރިސޯޓް އަދި ސ. ހިތަދޫގަ އެވެ.

އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެފަދަ ހަރަކާތެއް ބޭއްވުމުގެ މަގުސަދަކީ ވެސް، ވިލާ ކޮލެޖުގެ މައި ކެމްޕަހާ އެއް ވަރަށް ރަށްރަށުގެ ކެމްޕަސްތަކުން ހިދުމަތް ދިނުމެވެ.

އޭނާ ވިދާޅުވީ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކަށް ދިމާވާ މައްސަލަތަކާ މެދު ވެސް މަޝްވަރާކުރާނެ ކަމަށެވެ. އަދި އެކަން ހައްލުކުރަން އެކްޝަން ޕްލޭނެއް ވެސް ތައްޔާރުކުރާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި ވިލާ ކޮލެޖުން ކެމްޕަސްތައް ގާއިމްކުރަނީ އެ ރަށްރަށުގެ އާއްމުންނާ ގުޅިގެންނެވެ.