17 ޖުލައި 2018 - 07:20

ނިދުމަކީ ދިރިއުޅުމުގެ ބައެކެވެ. ރޭގަނޑުގެ ހަމަ ނިދި ފުރިހަމައަށް ނުލިބޭ ނަމަ ދުވާލުގެ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ނިދި ހަމަކުރުމަށްޓަކައި އެކި ގޮތްގޮތަށް އެކި މީހުން ކަންތައް ކުރެ އެވެ .
ކަސްރަތުކުރުމާއި ކެއިންބުއިމުން ނިދީގެ މައްސަލައަށް ހައްލެއް ހޯދޭތޯ ބެލިދާނެއެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި މިކަމަށް އެންމެ އަވަސް ފަރުވާއަކީ ނިދާ ބޭސްގުޅައެކެވެ. އެކަމަކު މިއީ ދާއިމީ ހައްލެއް ނޫނެވެ. ބައެއް ހާލަތްތަކުގައި މިއީ ސިއްހީ އިތުރު މައްސަލަތަކެއްގެ ފެށުމެވެ.
ނިދި ހަމަކޮށްދޭ ގަޑިއެއްގެ ވާހަކަ އަޑުއެހިންހެއްޔެވެ؟ "ބަނާލާ ސްލީޕް އެއިޑް އެލާމް ކްލޮކް" އަކީ ހަމައެކަނި ނިންދަވައިދޭ ގަޑިއެއް ނޫނެވެ. ހޭލައްވައިދޭ ވެސް ގަޑިއެކެވެ. ހޭލަން ބޭނުންވާ ގަޑިއަށް ސޯނާކުރުމަށް ފަހު ނިދަން އޮށޯތުމުން ސިކުނޑިއަށް ލޮޑުކަން ގެނުވާނެ ޒާތުގެ އަޑުތަކުން ނިންދަވައިދެއެވެ.
އައިސޮކްރޯނިކް ސައުންޑް ޓެކްނޮލޮޖީއަކީ ސިކުނޑިއާ ކުޅެލާ އަޑުތަކުގެ ޓެކްނޮލޮޖީއެވެ. މިގަޑި މަސައްކަތްކުރަނީ މި ޓެކްނޮލޮޖީގެ ބާރުންނެވެ. ނިދީގެ ހުރިހާ މަރުހަލާއެއް ވެސް ކުރިއަށްދާނީ އައިސޮކްރޯނިކްގެ އެކި އަޑުތަކުންނެވެ.
ނިދީގެ ފުރަތަމަ މަރުހަލާގައި ތީޓާ އައިސޮކްރޯނިކް އަޑެވެ. ގަދަ ނިދީގެ ވަގުތުގައި ގަޑިން އިއްވަމުންދާނީ ޑެލްޓާ އައިސޮކްރޯނިކް އަޑެވެ. މި ވަގުތަކީ އިންސާނާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ނިދި މުހިއްމު ދައުރެއް އަދާކުރާ ވަގުތެކެވެ. ބަނާލާ ގަޑީގެ އަޑުތަކަށްފަހު ސޯނާ ވުމުން ހޭލެވޭއިރު މުޅި މީހާ ހުންނާނީ ތާޒާވެ، އާ ދުވަހަކަށް މަރުހަބާކިޔަން ތައްޔަރަށެވެ.
ބަނާލާ ސޯނާ ގަޑި މިވަގުތު ބާޒާރުގައި ވިއްކަންހުރީ 45 އެމެރިކާ ޑޮލަރަށެވެ.