މަންދު ކޮލެޖުގެ އާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މަންދު ކޮލެޖުގެ އާ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މަންދު ކޮލެޖުން އަލަށް ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެ ކޮލެޖުން ބުނީ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ، އެ ކަމަށް ގިނަ ބަޔަކު އެދޭތީ ކަމަށެވެ.

މަންދު ކޮލެޖުން ބުނިގޮތުގައި، ކޯސް ތަކަށް އޮންލައިންކޮށް ކުރިމަތިލާން ބޭނުންވާ މީހުން، www.mandhucollege.edu.mv މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

މަންދު ކޮލެޖުން ވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް، ސްޓޫޑެންޓް ފައިނޭންސް ސްކީމް ވެސް އެ ތަނުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހަމަޖައްސައިދީފަ އެވެ.

މަންދު ކޮލެޖަކީ 1998 އިން ފެށިގެން ތައުލީމު ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެ ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް، އަމިއްލަ ރަށުގައި ތިބެގެން ވެސް ކިޔެވުން ކުރިއަށް ގެންދެވޭނެ އެވެ.

މަންދު ކޮލެޖުން މިހާރު ވެސް 500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.