ރިއާ ކަޕޫރުގެ ލޯބިވެރިޔާ ވެސް ޑައިރެކްޝަނަށް
ރިއާ ކަޕޫރުގެ ލޯބިވެރިޔާ ވެސް ޑައިރެކްޝަނަށް

އަނިލް ކަޕޫރްގެ ހަގު އަންހެން ދަރިފުޅު އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރްގެ ލޯބިވެރިޔާ ކަރަން ބޫލާނީ ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ރިއާ ކަޕޫރުގެ ލޯބިވެރިޔާ ވެސް ޑައިރެކްޝަނަށް
ރިއާ ކަޕޫރުގެ ލޯބިވެރިޔާ ވެސް ޑައިރެކްޝަނަށް

އޭނާ މީގެ ކުރިން ވަނީ ބައެއް ފިލްމްތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ރިއާ ޕްރޮޑިއުސްކޮށް، ސޯނަމް ކަޕޫރް ބަތަލާގެ ރޯލް ކުޅުނު އައިޝާ (2010) އާއި އަޔާން މުކަރްޖީ ޑައިރެކްޓް ކުރި ވޭކް އަޕް ސިދް (2009) ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަކީ ރިއާ އާއި އަނިލް ޕްރޮޑިއުސްކޮށް، ސޯނަމް ބަތަލާގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. އެކަމަކު ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ސޯނަމް މި ވަގުތު އަންނަނީ ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު އެކްޓަަރު ދަލްގޫރް ސަލްމާނާ އެކު، "ޒޯޔާ ފެކްޓާ" ގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސަންޖޫ" އަށް ފަހު، ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބައްޕަ އަނިލްއާ އެކު ކުޅެފައިވާ "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. އެ ފިލްމް ރިލީޒް ކުރާނީ އޮކްޓޯބަރު 12 ގަ އެވެ.

ވާން އުޅޭ ޅިޔަނު ޑައިރެކްޓްކުރާ ފިލްމަކުން ވެސް ސޯނަމް ފެނިގެންދާ އިރު، އޭނާ ވަނީ މެއި މަހު ކައިވެނި ވެސްކޮށްފަ އެވެ. ސޯނަމްގެ ފިރިމީހާ އާނަންދް އަހޫޖާއަކީ ވިޔަފާވެރިއެކެވެ.

ރިއާ ވެސް ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، އޭނާ އެންމެ ފަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި ގެނެސް ދިނީ މިދިޔަ މަހު ރިލީޒް ކުރި ކާމިޔާބު ފިލްމް "ވީރޭ ދޭ ވެޑިން" އެވެ.