ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސެއް މިއަދު ހަދިޔާކޮށްފި އެވެ.

ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި، ސީ އެމްބިއުލާންސް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރާއި ޗައިނާގެ ކޯސްޓް ގާޑްގެ ލެފްޓިނެންޓް ކާނަލް ޗެން ޒިއޯ ވަނީ ސޮއިކުރައްވައިފަ އެވެ.

ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

މިއީ ޗައިނާގެ ރައީސް ސީ ޖިންޕިން 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާ އެކު ކުރެއްވި މަޝްވަރާތަކުގައި، ރާއްޖެއަށް އެހީއެއްގެ ގޮތުގައި ދިނުމަށް ނިންމެވި އުޅަނދެކެވެ. މި އެހީގެ އެއްބަސްވުމުގައި 2015 ވަނަ އަހަރު ވަނީ ސޮއިކޮށްފަ އެވެ.

މިއީ ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އެމްބިއުލާންސްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ބޮޑު އަދި ފުރިހަމަ އުޅަނދެކެވެ. ފަރުވާ ދިނުމަށް ބޭނުންކުރާނެ އެކި ވަސީލަތްތައް މީގައި ހުންނާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވީ ސީއެމްބިއުލާންސަކީ ދެ ގައުމުގެ ގުޅުމާއި ރަހުމަތްތެރިކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ވަސީލަތެއް ފުރިހަމަ އެ އެމްބިއުލާންސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ގައުމުގެ ފަރާތުން ސީ އެމްބިއުލާންސަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން އަންނަނީ ރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު މި ރަސްމިއްޔާތުގައި ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސަކީ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދަތުރުކުރުމަށް 25 ސީ އެމްބިއުލާންސް އަންނަނީ ބޭނުންކުރަމުންނެވެ. އެ އެމްބިއުލާންސްގައި، އެއް ގަޑިއިރުގެ ތެރޭގައި ބަލި މީހާ ހޮސްޕިޓަލަކަށް ފަރުވާ ހޯދައިދިނުމަށް ގެންގޮސް ދެމުން އަންނައިރު ބައެއް ދަތިތަކާ ދިމާވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އެހެންވެ އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް ވަސީލަތްތައް ހަމަ އެމްބިއުލާންސްގެ މުހިއްމުކަން ވަރަށް ބޮޑުކަން ވެސް ފާހަގަކުރެއްވި އެވެ.

ސީ އެމްބިއުލާންސް ބޭނުންކުރަން ފެށި ފަހުން އެ އުޅަނދުގައި 10،000 މީހުން، ފަރުވާ ދިނުމަށް އުފުލާފައިވާ ކަމަށް ވިދާޅުވި އެވެ.