ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

ބެންކޮކް (ޖުލައި 12) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ތިބި 12 ކުދިން ނެރުނީ ބޭސް ދީގެން "ނިންދަވާލައިގެން" ކަމަށް ރެސްކިއު ޓީމުން ބުނެފި އެވެ.

ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

ތައި ނޭވީ ސީލުން ބުނީ ހޮހަޅައިގެ އެންމެ ހަނި ދޭތެރެތަކުން އެ ކުދިން ގެންދިޔައީ ސްޓްރެޗަރަކަށް ލައިގެން ކަމަށެވެ. ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތް އިއްޔެއާ ހަމައަށް ކަމާ ބެހޭ ފަރާތްތަކުން އޮތީ ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ. ނަމަވެސް ކުދިން ސަލާމަތް ކުރި އޮޕަރޭޝަނުގެ ބައެއް ވީޑިއޯ ތައި ނޭވީ ސީލުން ފުރަތަމަ ފަހަރަށް ރޭ ވަނީ އާއްމުކޮށްފަ އެވެ. ސަލާމަތް ކުރި ކުދިން ހޮސްޕިޓަލްގައި ތިބި ފޮޓޯ އާއި ވީޑިއޯތައް ވެސް ވަނީ އާއްމުކޮށްފަ އެވެ.

ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

ފަތަން ވެސް ނޭނގޭ އަދި ދުވަހަކު ވެސް ޑައިވްކޮށްފައި ނުވާ ކުދިން މާސްކާއި ގޭސްފުޅި އަޅުވައިގެން ހޮހަޅައިގެ އެންމެ ހަނި ދޭތެރެތަކުން ކަނު އަނދިރީގައި ނެރުނު ގޮތެއް ބަލަން އެތައް ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. ތައި ނޭވީ ސީލްގެ ކުރީގެ ޑައިވަރަކު ވަނީ އެ ތަފްސީލްތައް ކިޔައިދީފަ އެވެ. ކޮމާންޑަރު ޗައިޔަނަންތާ ޕީރަނަރޮންގް އޭއެފްޕީ އަށް ބުނީ ހޮހަޅައިން ނެރުނު އިރު ބައެއް ކުދިން ތިބީ "ނިންދަވައިފައި" ކަމަށެވެ.

ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

"އެކަމަކު އެ މީހުން ނޭވާލާނެ. ބައެއް ކުދިން އިނގިލަތައް ވެސް ހަރަކާތް ކުރޭ. އެ ކުދިން ހޮހަޅައިން ނެރުނު އިރު ތިބީ ސްޓްރެޗަރުގައި. ޑޮކްޓަރުން ދިޔައީ އެ ކުދިން އެކި ހިސާބުތަކުން މޮނިޓާ ކުރަމުން،" ކޮމާންޑަރު ޗައިޔަނަންތާ ބުންޏެވެ.

ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

ހޮހަޅައިގައި ތިބި ކުދިން ނިންދަވަން ނުވަތަ އެންޓި-އެންޒައިޓީ ބޭހެއް ނުދޭ ކަމަށް ތައިލެންޑުގެ އޮފިޝަލުން ކުރިން ދިޔައީ ބުނަމުންނެވެ. ބޮޑު ވަޒީރު ޕްރަޔުތު ޗަން-އޯ-ޗާ ވެސް ވިދާޅުވެފައި ވަނީ އެ ކުދިން ބިރުކަނޑުވަން ވަރަށް އާދައިގެ ބޭހެއް ދިނުން ފިޔަވައި އެއްވެސް ބޭހެއް ނުދޭ ކަމަށެވެ.

ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

ރެސްކިއު އޮޕަރޭޝަނުގައި އުޅުނު އެމެރިކާގެ އެއާ ފޯސްގެ މާސްޓާ ސާޖެންޓް ޑެރެކް އެންޑަސަން ވިދާޅުވީ ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ޑައިވަރުން ކުރިން ވަނީ ސްވިމިން ޕޫލްގައި ޕްރެކްޓިސްކޮށްފައިި ކަމަށެވެ.

ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"
ހޮހަޅައިން ކުދިން ނެރުނީ "ނިންދަވާލައިގެން"

ޑައިވްކުރުމުގެ 12 އަހަރުގެ ތަޖްރިބާކާރެއް ކަމަށްވާ ސްޕޭނުގެ ފެނާންޑޯ ރައިގާލް ބުނީ ކުދިން ނިންދަވާލައިގެން ހޮހަޅައިން ނެރުން ނޫން ގޮތެއް ނެތް ކަމަށެވެ.

ރެސްކިއު ޓީމުން އާދިއްތަ ދުވަހު ފުރަތަމަ ނެރުނީ ހަތަރު ކުދިންނެވެ. އޭގެ ފަހުން ހޯމަ ދުވަހު ވެސް ވަނީ ހަތަރު ކުދިން ނެރެފަ އެވެ. ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗު ނެރުނީ އަންގާރަ ދުވަހު އެވެ.