ތަފާތު ފިކުރުގެ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުހިންގޭނެ: ރައީސް
ތަފާތު ފިކުރުގެ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުހިންގޭނެ: ރައީސް

ކޯލިޝަނަކުން ވެރިކަން ކުރުމަކީ ރާއްޖޭގައި ކާމިޔާބު ކަމެއް ނޫން ކަމަށާއި ތަފާތު ފިކުރުތަކުގެ ޕާޓީތައް ގުޅިގެން އުފައްދާ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު މ. ކޮޅުފުށީގައި ވިދާޅުވެއްޖެ އެވެ.

ތަފާތު ފިކުރުގެ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުހިންގޭނެ: ރައީސް
ތަފާތު ފިކުރުގެ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުހިންގޭނެ: ރައީސް

އެމަނިކުފާނު މިގޮތަށް މި ވިދާޅުވީ، ސެޕްޓެމްބަރު 23، ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އިދިކޮޅު ޕާޓީތަކުން ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަނިކޮށެވެ. ރައީސް ޔާމީނާ ދެކޮޅަށް ހެދި ކޯލިޝަންގައި ހިމެނެނީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ މީހުންނެވެ.

ތަފާތު ފިކުރުގެ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުހިންގޭނެ: ރައީސް
ތަފާތު ފިކުރުގެ ކޯލިޝަނަކުން ދެން ވެސް ވެރިކަމެއް ނުހިންގޭނެ: ރައީސް

ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖައްސާފައިވާއިރު، ރަނިން މޭޓަކު ކަނޑައެޅުމުގެ ފުރުސަތު ދިނީ ޖުމްހޫރީ ޕާޓީ އަށެވެ.

އިންތިޚާބުގައި އެމަނިކުފާނަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ތަކުރާރުކޮށްދެއްވަމުން ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި ޕީޕީއެމްގެ ސަރުކާރަށް ތަރައްގީގެ ގިނަ މަޝްރޫއުތައް ބާރު ސްޕީޑުގައި ހިންގުނީ ސަރުކާރުގެ ތެރޭގައި އެއް ފިކުރެއް އޮވެގެން ކަމަށެވެ. އެމަނިކުފާނުގެ ކެބިނެޓަކީ 100 ޕަސެންޓް، ޕީޕީއެމްގެ ކެބިނެޓެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރައީސް ޔާމީން ވެސް 2013 ގައި ވެރިކަމަށް ވަޑައިގަތީ ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ ހިމެނުނުއިރު، އުފެދުނު މައްސަލަތަކާ ހެދި ރައީސް ޔާމީނާ އެކު ދެމިތިބީ އެމްޑީއޭ އެކަންޏެވެ.

އެ ކޯލިޝަން ރޫޅުނީ، ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނާއި ޕީޕީއެމްގެ އެއްވެސް މައްސަލައެއް އޮވެގެންނެއް ނޫނެވެ. އެކަމަކު އެމްޑީޕީ ވެރިކަމަށް އައުމަށް 2008 ގައި ހެދި ކޯލިޝަން ނުހިންގުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހެދި ކަމަށާއި އެކަމުގައި ދިމާވި އުނދަގޫތައް އެމަނިކުފާނު ރައްޔިތުންނަށް ވިދާޅުވެ ދެއްވި ކަމަށް ވިދާޅުވި އެވެ.

"ކޯލިޝަނަކާ އެކު ސަރުކާރު ހިންގުމަކީ ފަސޭހަ ކަމަކަށް ނުވޭ. އަޅުގަނޑު ވެސް އެކަން ގަބޫލުކުރަން. އެއީ، އަސްލު ފިކުރުގެ ތެރެއަށް އެހެން ފިކުރެއް އައުމުން އެ ފިކުރުގެ ތެރެއަށް އަންނަ ތަޣައްޔަރު ކަމުގެ ތެރެއިން އުނދަގޫތަކެއް ހުންނަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ނަމަ ކެބިނެޓުގެ މަގާމްތައް ވެސް ޕާޓީތަކަށް ބަހަން ޖެހޭ ކަމަށާއި މިނިސްޓްރީތަކުގައި އެކި ޕާޓީތަކުގެ ވަޒީރުން ތިއްބެވުމަކީ ސަރުކާރެއް ހިންގަން ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. މަޝްރޫއުތައް ހިންގާއިރު އޭރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެއް ފިކުރެއްގައި ތިބި ބަޔަކު ވެރިކަން ހިންގުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ދައުރުގައި އެތައް މަޝްރޫއެއް ހިންގާފައިވީ ނަމަވެސް ބައެއް ރަށްތަކުގައި ކުރަން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އަދިވެސް ޝަކުވާ ކުރާނެ އެވެ. އެކި ރަށްރަށަށް އައިސްފައިވާ ކުރިއެރުން ތަފާސް ހިސާބުން ގުނާނަމަ، ފަސް އަހަރުގެ ތެރޭގައި ކޮޅުފުށީގައި ވެސް 273 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އެއީ، މީގެ ކުރިން އެ ރަށަށް ހޭދަކޮށްފައިވާ މިންވަރާ ބަލާއިރު އަށް ގުނަ އިތުރުވުމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.