ހުޅުލެ ކައިރިން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ
ހުޅުލެ ކައިރިން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ

ހުޅުލޭ ކައިރިން ރާޅު ޖަހާ ހިސާބުން އަތު ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އަދުނާން މުހައްމަދު މިއަދު ވިދާޅުވީ އަތު ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން، އޭތި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް، ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

" ބެލެވެނީ ތަމްރީނުތަކުގައި ބޭނުންކުރާ ކަހަލަ ޑިވައިސްއެއް ކަމަށް،" އަދުނާން ވިދާޅުވި އެވެ.

އަތު ބޮމެއް ކަމަށް ބެލެވޭ އެތި ފެނިފައިވަނީ މީގެ ދެތިން ދުވަސް ކުރިން ހުޅުލޭ ރާޅުޖަހާ ހިސާބު ތޮށިމަތިންނެވެ.