ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ގުޅުވައިދިނީ އަހަރެން: ރޮކް
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ގުޅުވައިދިނީ އަހަރެން: ރޮކް

ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ލޯބީގެ ގުޅުމުގެ ވާހަކަ ބޮލީވުޑާއި ހޮލީވުޑްގައި ވެސް މިހާރު ހޫނެވެ. ޔަގީންވާ ކަމަކީ ދެ މީހުންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އޮތް ކަމެވެ. ދާދި ފަހުން ދެ ތަރިން ވަނީ އިންޑިއާ އަށް ޒިޔާރަތްކޮށް އާއިލާ އާއި ގާތް މީހުންނާ ބައްދަލުކޮށް، ގޯއާގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ގުޅުވައިދިނީ އަހަރެން: ރޮކް
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ގުޅުވައިދިނީ އަހަރެން: ރޮކް

އެ ދަތުރަށް ފަހު އެނބުރި ފުރައިގެން ދިޔައީ ވެސް ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައި ސުވާލުތައް އުފެއްދޭނެ ކަހަލަ އެތައް ފޮޓޯއެއް ވެސް މީޑިއާތަށް ދޫކޮށްލައިފަ އެވެ. އެކަމަކު ޕްރިޔަންކާ އާއި ނިކް ވެސް އަދި މިހާތަނަށް ހިތާވެގެން އުޅޭކަން ކަށަވަރެއް ނުކޮށްދެ އެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ގުޅުވައިދިނީ އަހަރެން: ރޮކް
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް ގުޅުވައިދިނީ އަހަރެން: ރޮކް

ނަމަވެސް މީގެ ކުރިން ޕްރިޔަންކާ ފިރިހެނަކާ އެކު ނުފެންނަހާ ގާތްކޮށް، ނިކްއާ އެކު ފެނިފައިވާތީ މީޑިއާތަކާއި ދެ މީހުންގެ ފޭނުން ވެސް ތިބީ އެއީ މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ޖޯޑެއް ކަމަށް ނިންމައިގެންނެވެ.

އަނެއްކޮޅުން، އަންނަ މަހުގެ ތެރޭގައި ދެ މީހުން ރަސްމީކޮށް އެންގޭޖްމަންޓް އިއުލާން ކުރާނެ ކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. މި ވާހަކަތައް ޑްވޭން (ރޮކް) ޖޯންސަން ދެއްކި ވާހަކައަކުން އަނެއްކާ ވެސް އިތުރު ބާރެއް ލިބިފައިވެ އެވެ.

އެންޓަޓައިންމަންޓް ޓުނައިޓް ޝޯގައި ވަރަށް މަޖާ މޫޑެއްގައި ހުރެގެން ރޮކް ބުނީ އޭނާއާ އެކު "ބޭވޮޗް" ގައި މަސައްކަތް ކުރި ޕްރިޔަންކާ، ނިކްއާ ގުޅުވައި ދެނީ އޭނާ ކަމަށެވެ. އަދި ދެ މީހުންގެ "މެޗްމޭކިން ކްރެޑިޓް" ނަގާ ކަމަށް ހިނިގަނޑެއް ޖަހާލައިފައި ރޮކް ބުންޏެވެ.

ޝޯގެ ހޯސްޓް ދެން ރޮކްއާ ސުވާލު ކުރަނީ ޕްރިޔަންކާ އާއި ނިކް ތިބީ އުފަލުންތޯ އެވެ. ޖަވާބުގައި ރޮކް ބުނީ ދެ މީހުން އުލަފުގައި ތިބި ނަމަ އޭގެ ކްރެޑިޓް ވެސް އޭނާ އަށް ހައްގުވާ ކަމަށެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިިއާތަކުން ވެސް ޕްރިޔަންކާ އާއި ނިކްގެ ވާހަކަ މިހާރު ދައްކަނީ ވަރަށް ބޮޑުކޮށްލައިގެންނެވެ. ގިނަ މީޑިއާތަކުން ސިފަކުރާ ގޮތުގައި އެއީ ސީރިއަސް ގުޅުމެކެވެ.

ޕްރިޔަންކާ، 35، އާއި ނިކް، 25، ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓްގެ ތެރެއިންނެވެ. އިއްތިފާގަކުން ދެ މީހުންނަށް ދެވުނީ ރާފްލް ލޯރެންގެ ހެދުމުގަ އެވެ. ގުޅުން ބަދަހިވި ހިސާބަކީ އެއީ އެވެ.

ނަމަވެސް ދެ މީހުންގެ އުމުރުގައި ބޮޑު ފަރަގެއް ހުރުމުން، ގިނަ ބަޔަކު ވަނީ ޕްރިޔަންކާ މާ ޅަ ކުއްޖަކު އަތުއަޅުވާލައިގެން އުޅޭ ކަމަށް ބުނެ މަލާމާތްކޮށްފަ އެވެ. އެ ދެ މީހުންގެ އުމުރުގައި 10 އަހަރުގެ ފަރަގެއް އެބަ ހުއްޓެވެ.