10 ޖުލައި 2018 - 10:47

ހާޑްވެއާގެ ސާމާނަށް ހާއްސަކޮށްގެން އެލިއާ އިންވެސްޓްމަންޓުން އާ ފިހާރައެއް އިއްޔެ ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވައިދެއްވީ އެލިއާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެ ފިހާރަ އިން ދަގަނޑުގެ ތަފާތު ބާވަތްތަކާއި ޕީވީސީގެ އެކި ވައްތަރުގެ އުފެއްދުން ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް އެލިއާ އިން ބުންޏެވެ.
އަދި ދުނިޔޭގެ މަޝްހޫރު ކޯލާ ބްރޭންޑުގެ ސެނިޓަރީ އުފެއްދުންތަައް ވެސް އެ ފިހާރަ އިން ލިބެން ހުރެ އެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު އައުޓްބޯޑް ބްރޭންޑް، ޔަމަހާގެ ސްޕެއާ ޕާޓްސް ވެސް ވިއްކަ އެވެ.
އެލިއާ އިން ބުނި ގޮތުގައި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް، މެންދުރު 1:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ އިން ވެސް މަޝްހޫރު އެލިއާ އަށް މިހާރު 54 އަހަރު ވަނީ އެވެ.