10 ޖުލައި 2018 - 07:03

މިއީ ސްމާޓްފޯނުގެ ޒަމާނެވެ. ގަޑިއަކީވެސް، ފޮޓޯ ނަގައިދޭ ކެމެރާއަކީ ވެސް، ހިސާބު ޖަހައިދޭ ކަލްކިޔުލޭޓަރަކީ ވެސް ސްމާޓްފޯނެވެ. މަދު ކަމެއް ފިޔަވައި ހުރިހާ ކަމެއް، ސްމާޓްފޯނުން ފުއްދައިލެވެއެވެ. ނަމަވެސް ދިމާވާ މައްސަލައެއް އެބައޮތެވެ. ބެޓެރީ ބާރު ދާލެއް އަވަސްކަމެވެ.
އެކި އާލާތްތަކުން މިކަމަށް ވެސް ހައްލު ހޯދިދާނެއެވެ. އެކަމަކު ބައެއް ފަހަރު ދާއިމީ ހައްލެއް ލިބެނީ ފޯނުން ކުރެވޭ ބައެއް ބޭނުންތައް މަދުކޮށް، އޭގެ އަސްލަށް ރުޖޫއަވެގެންނެވެ. މިސާލަކަށް، އަޑު ރިކޯޑުކުރުމަށް އެކަމަށް ޚާއްސަ އާލާތެއް ގެންގުޅުމެވެ.
ޔުކީކޭ ޔޫއެސްބީ ރިކޯޑަރަކީ ދިގު އިންޓަވިޔުއެއް ރިކޯޑުކުރަން ޖެހުނަސް ނުވަތަ އިލްމީ ދަރުސެއް ރިކޯޑުކުރަން ބޭނުންވިޔަސް ހާސްކަމެއްނެތި ބޭނުންކުރެވޭނެ ރިކޯޑަރެކެވެ. ގިނަ ޕެން ޑްރައިވްތަކަށްވުރެ ކުޑަ މި ޑިވައިސް އަކީ ރިކޯޑުކުރުމަށާއި ޔޫއެސްބީ ވާކޮޅަކުން ޑާޓާ ޓްރާންސްފަކުރުމަށާއި ޖަހައިގެން އަޑު އަހަންވެސް ފައްކާ އެއްޗެކެވެ.
މި ރިކޯޑަރުގައި 8 ޖީބީގެ ޑާޓާ ރައްކާކުރެވެއެވެ. ޗާޖުކުރާ ކޮންމެ ފަހަރަކު 10 ގަޑިއިރު ރިކޯޑުކޮށްލަކޮށްލާ ހުރެއެވެ. ދިގު ރިކޯޑިންއެއް ވެސް ހާސްކަމެއްނެތި ނިންމާލެވެއެވެ. އަޑު ރިކޯޑުކުރުމުގައި ވެސް ފެންވަރު ވަރަށް ރަނގަޅެވެ. ބޭނުންވާ އަޑު ސާފުކޮށް ނަގައިދީ، ބޭކާރު އަޑުތައް ފަނޑުކޮށްލައެވެ.
ޔުކީކޭ ރިކޯޑަރު އޮގަސްޓް 2 އާ ހަމައަށް 22 އެމެރިކާ ޑޮލަރަށް ވިއްކާނެ އެވެ.