ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

ހޮހަޅައިން ނެރުނު ހަތަރު ކުދިންނާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވޭ. އޮޕަރޭޝަން ކޮމާންޑަރު އަދި ޗިއާން ރާއި ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް ވިދާޅުވީ ފުރަތަމަ ކުއްޖާ ހޮހަޅައިން ނެރުނީ ތައިލެންޑް ގަޑިން މިއަދު ހަވީރު 5:40 ގައި ކަމަށް. ދެ ވަނަ ކުއްޖާ ނެރުނީ އޭގެ 10 މިނިޓް ފަހުން. އަނެއް ދެ ކުދިން ނެރުނީ ތައިލެންޑް ގަޑިން 7:40 އަދި 7:50 ގައި ކަމަށް އޭނާ ވިދާޅުވި.

ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

ހޮހަޅައިން އެ ކުދިން ނެރެން އުނދަގޫވެފައި ވަނީ ދާން އޮންނަ ޖާގަ ކުޑަވުމާއި ބައެއް ހިސާބުތަކުގައި ފެން ބޮޑުވެފައި އޮތުމުން. ގޭސްފުޅި އަޅައިގެން ހުރަސް ކުރަން އުނދަގޫ ދޭތެރެ ވެސް ހޮހަޅައިގެ ތެރޭގައި ހުރި ކަމަށް ޑައިވަރުން ބުނޭ. އެހެންކަމުން ކުދިން ސަލާމަތްކުރުމުގެ މަސައްކަތަކީ އުނދަގޫ އަދި ނުރައްކާތެރި އޮޕަރޭޝަނެއް. ތައިލެންޑްގެ ތަޖުރިބާކާރު ޑައިވަރަކު މަރުވުމަކީ އެކަމުގެ ހެއްކެއް.

ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

ފުޓްބޯޅަ ޕްރެކްޓިހަށް ފަހު ހޮހަޅަ ބަލާލަން ވަން މި ގްރޫޕް އެތަނުގައި ތާށިވީ އެތެރެއަށް ވަން ވަގުތު ވާރޭ ވެހި ބޮޑުވި ފެންގަނޑު ހޮހަޅައަށް ދަމައިގަތުމުން. އެކަމަކު މިއީ އާންމުކޮށް ހޮހަޅައިގެ އެތެރެ ސާފުކޮށް އޮންނަ ދުވަސްވަރު ކަމަށް ވޭ.

ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

އޮޕަރޭޝަން ކޮމާންޑަރު ނަރޮންގްސަކް ވިދާޅުވީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި 90 ޑައިވަރުން ބައިވެރިވި ކަމަށް. އޭގެ ތެރޭގައި ހިމެނެނީ ތައިލެންޑުގެ 40 ޑައިވަރުންނާއި ބޭރުގެ 50 ޑައިވަރުން.

ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

އޮޕަރޭޝަން ކޮމާންޑަރު ނަރޮންގްސަކް އޮސޮޓަނަކޯން ހޮހަޅައިގައި ބާކީ ތިބި އަށް ކުދިންނާއި އެ ކުދިންގެ ކޯޗު ނެރުމުގެ އޮޕަރޭޝަނަށް ތައްޔާރުވާން 10 ގަޑިއިރު ބޭނުންވާނެ ކަމަށް. އެ އޮޕަރޭޝަން ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު.

ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

ހޮހަޅައިން ކުދިން ނެރުމުގެ އޮޕަރޭޝަން ކޮމާންޑަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވީ ހަތަރު ކުދިން މިހާތަނަށް ހޮހަޅައިން ނެރެފައިވާ ކަމަށާއި އެ ކުދިން ހާލު ރަނގަޅު ކަމަށް.

ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި
ހަތަރު ކުދިން ސަލާމަތް ކުރުމަށް ފަހު އޮޕަރޭޝަން މެދު ކަނޑާލައިފި

ހޮހަޅައިން ކުދިން ނެރުމުގެ އޮޕަރޭޝަން މި ވަގުތަށް މަޑުޖައްސާލައިފި.

ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗު ނެރުމުގެ މަސައްކަތް ފުރިހަމަ ކުރަން 2-3 ދުވަސްވަރު ނަގާނެ ކަމަށް ތައިލެންޑް ސިފައިންގެ ކޮމާންޑަރު މޭޖާ ޖެނެރަލް ޗަލޮނންގްޗައި ޗައިޔަކޯން ކުރިން ވަނީ ވިދާޅުވެފައި. ނަމަވެސް އެ މަސައްކަތް އެއަށް ވުރެ އަވަސް ވާނެ ކަމަށް މިހާރު ބެލެވޭ. ހޮހަޅައިން ކުދިން ނެރުމުގެ މަސައްކަތް އަވަސް ކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ.

ހޮހަޅައިގައި ތިބޭތާ ނުވަ ދުވަސް ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ކުދިން ހޯދާފައި ވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުން. އޭގެ ފަހުން އެ ކުދިންނަށް ދިޔައީ ކާނާ އާއި ބޭސް ފޯރުކޮށްދެމުން.

ތައިލެންޑުގެ ޒުވާން ފުޓުބޯޅަ ޓީމުގައި ހިމެނޭ 12 ކުދިންނާއި ކޯޗު މިދިޔަ މަހު 23 ވަނަ ދުވަހު ތަމް ލުއާން ހޮހަޅަ އަށް ވަނީ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު. އެ ކުދިން ހޮހަޅަ އަށް ވަނީ އެކްސްޕްލޯ ކުރުމުގެ ބޭނުމުގައި. އެއީ ކުރިން ވެސް އެ ކުދިން ވަނީ އެ ހޮހަޅަ އަށް ވަދެފައި ކަމަށްވާތީ. ހޮހަޅަ އަށް ވަން އިރު މޫސުން ރަނގަޅު ނަމަވެސް ގަދައަށް ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވުމުން ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ.

ތައިލެންޑުގެ ހޮހަޅައިގައި ތިބި ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ތައިލެންޑް ސަރުކާރާ ގުޅިގެން އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްވީޓް ކުރައްވާފައި.

ހޮހަޅައިން ގަޑިއެއްހާ އިރުން ދުއްވާފައި ދެވޭ ޗިއާން ރާއީ ހޮސްޕިޓަލަށް ދެ އެމްބިއުލެންސް މިހާރު ވަނީ ގޮސްފައި.

ހޮހަޅައިގައި ތިބި 12 ކުދިންގެ ތެރޭން ހަ ކުއްޖަކު މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށް ތައިލެންޑުގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ބުނޭ. އެ ކުދިންގެ 25 އަހަރުގެ ކޯޗު ނެރޭނީ ފަހު ބުރުގައި. ހޮހަޅައިގައި ތިބި 12 ކުދިންގެ އުމުރަކީ 11-16 އަހަރު.

ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗުގެ ތެރޭން ހަތަރު ކުދިން ހޮހަޅައިން ބޭރަށް ސަލާމަތުން ނެރެފައި މި ވަނީ އެ ކުދިން ހޮހަޅައިގެ ހަތަރު ކިލޯ މީޓަރު (2.5 މޭލު) އެތެރޭގައި ތިބޭތާ ދެ ހަފުތާ ފަހުން.

ހޮހަޅައިގައި ތިބި ފުޓުބޯޅަ ޓީމުގެ ހަތަރު ކުދިން ހޮހަޅައިން ބޭރަށް ތައިލެންޑް ގަޑިން 19:47 ގައި (ރާއްޖޭ ގަޑިން 17:47 ގައި) ނެރެފައިވާ ކަމަށް ތައި ނޭވީ ސީލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވޭ.

ހޮހަޅައިން ކުދިން ނެރެން ފަށާފައި މި ވަނީ ތައި ނޭވީ ސީލުން ކުރިން ލަފާ ކުރި ވަގުތަށް ވުރެ ދެ ގަޑިއިރު އަވަހަށް. ތައިލެންޑް ސިފައިން ކުރިން ބުނެފައި ވަނީ ފުރަތަމަ ކުއްޖާ ވެސް ނެރެވޭނެ ކަމަށް ބެލެވެނީ މިރޭ ތައިލެންޑް ގަޑިން 9 ޖަހާއިރު ކަމަށް.

ލެފްޓިނެންޓް-ޖެނެރަލް ކޮންގްޗީޕް ޓަންޓްރަވަނިތު ވިދާޅުވީ ކުދިން ހޮހަޅައިން ނެރެނީ ޕްރިއޮރިޓީ ލިސްޓަކަށް ބަލައިގެން ކަމަށް. ކުދިންގެ ހާލު ޑޮކްޓަރުން މިއަދު ބެލުމަށް ފަހު ފުރަތަމަ ނެރެނީ އެންމެ ބަލިކޮށް ތިބި ކުދިން. ޓީމުގެ ކޯޗު ނެރޭނީ އެންމެ ފަހު ބުރުގައި ކަމަށްވޭ.

އެންމެ ކައިރީގައިވާ ހޮސްޕިޓަލަށް ދެވޭނީ ވެސް ހޮހަޅައިން ފެށިގެން އެއްގަޑިއިރު ދުއްވާފައި. ހޮހަޅައިގައި ތިބި ކުދިންގެ އާއިލާތަކުގެ މީހުން މިހާރު ވަނީ ޗިއާން ރާއީ ހޮސްޕިޓަލް ކައިރި އަށް ޖަމާވެފައި.

އިތުރު ހަތަރު ކުދިން ހޮހަޅައިން ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ތައިލެންޑް ސިފައިންގެ ލެފްޓިނެންޓް-ޖެނެރަލް ކޮންގްޗީޕް ޓަންޓްރަވަނިތު ވިދާޅުވި. އޭނާ ވިދާޅުވީ އެ ކުދިން މިހާރު ތިބީ ހޮހަޅައިގެ ތެރޭގައިވާ ބޭސް ކޭމްޕްގައި ކަމަށް.

ހޮހަޅައިން ދެ ކުދިން ނެރެފައިވާކަން ރެސްކިއު ޓީމުގައި ހިމެނޭ ޗިއާން ރާއީ ހެލްތު ޑިޕާޓްމަންޓުން ވެސް ވަނީ ޔަގީންކޮށްދީފައި. ޗިއާން ރާއީ ހޮސްޕިޓަލަށް އެ ކުދިން ގެންދާނީ ފީލްޑް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ކަމަށް ހެލްތު ޑިޕާޓްމަންޓުން ބުނެފައިވޭ.

ހޮހަޅަ އިން ނެރޭ ކުދިން ހެލިކޮޕްޓަރުގައި ގެންދިއުމަށް ހަމަޖެހިފައި ވަނީ ޗިއަން ރާއީ ޕްރޮވިންސްގެ ވެރިރަށަށް. އެ ކުދިންނަށް ފަރުވާ ދޭނީ ވެރިރަށުގެ ހޮސްޕިޓަލުގައި.

ހޮހަޅައިން ކުދިން ނެރުމުގެ އޮޕަރޭޝަން ފެށި ފަހުން އެ ސަރަހައްދުން ވަނީ ރިޕޯޓަރުން ދުރަށް ޖައްސާފައި. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ތަމް ލުއާން ހޮހަޅަ ކައިރިން ދެ އެމްބިއުލެންސެއް ވަނީ ނައްޓާލާފައި. އަދި ހެލިކޮޕްޓަރެއް ނައްޓާލި އަޑު އިވުނު ކަމަށް ވެސް ބައެއް މީހުން ބުނޭ.

ހޮހަޅައިގެ ތެރޭގައިވާ ރެސްކިއު ކޭމްޕާ ހަމައަށް ހަތަރު ކުއްޖަކު ގެނެސްފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައިވޭ. ރެސްކިއު ކޭމްޕުން އެ ކުދިން ހޮހަޅައިން ބޭރަށް ނުކުންނާނީ ހިނގާލާފައި

ބެންކޮކް (ޖުލައި 8) - ތައިލެންޑުގެ ހޮހަޅައިގައި ތާށި 12 ކުދިންނާއި ކޯޗުގެ ތެރޭން ފުރަތަމަ ދެ ކުދިން ސަލާމަތްކޮށްފި އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުރަތަމަ ބުރުގައި ހޮހަޅައިން ނެރެފައި ވަނީ ތިން ކުދިންނެވެ. ތައިލެންޑުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ހޮހަޅައިން ނެރުނު ކުދިން ފުރަތަމަ ގެންދާނީ ފީލްޑް ހޮސްޕިޓަލަކަށް ކަމަށެވެ. އޭގެ ފަހުން އެ ކުދިން ފަރުވާ އަށް ގެންދާނީ ޗިއާން ރާއީ ހޮސްޕިޓަލަށް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ތަޖްރިބާކާރު ޑައިވަރުންގެ 18 މީހުންގެ ޓީމަކުން އެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަށާފައި ވަނީ ތައިލެންޑް ގަޑިން މިއަދު ހެނދުނު 10 ޖެހިއިރު އެވެ.