ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތައް މުޞްޙަފުގައި ތަރުތީބު ކުރެވިފައިވާ މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ' (އަލްފާތިޙާ)، އެފޮތުގެ 'މުގައްދިމާ' އެވެ. ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މިސޫރަތަށް 'އަލްފާތިޙާ' އޭ ކިއެނީ އެއީ ނަމާދު 'ހުޅުވައިލަދޭ'، އާދެ، ނަމާދުގައި ފުރަތަމަ ކިޔެވޭ ސޫރަތްކަމަށް ވުމުންނެވެ. މި ސޫރަތް އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. މިސޫރަތައް ތަފާތު ނަންނަން ކިޔެ އެވެ. 'އައްސަބްޢުލް މަޘާނީ'އެވެ. ތަކުރާރުކޮށް ކިޔޭ ހަތް އާޔަތެވެ. ނަމާދުގައި މުއުމިނުން ތަކުރާރުކޮށް ކިޔާ ސޫރަތަކަށް ވާތީއެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

މި ނޫން އެހެން ނަންނަން ވެސް މި ސޫރަތަށް ކިޔެ އެވެ. 'އުއްމުލް ގުރްއާން' އެވެ. ކީރިތި ޤުރުއާނުގެ މައި ސޫރަތެވެ ނުވަތަ ޖައުހަރެވެ. ކީރިތި ޤުރްއާނުގެ އަސާސެވެ ނުވަތަ ބިންގަލެވެ. އަލްޙަމްދު ސޫރަތުގައި ކީރިތި ޤުރުއާނުގެ އަސާސީ ތައުލީމާތުތައް، އުނގަންނައި ދިނުންތައް، އެކުލެވިފައިވާތީ އެވެ. މާތްﷲގެ އެއްކައުވަންތަކަމުގެ ވާހަކަ އެވެ. އެކަލާނގެއީ މުޅި ކައުނާއި އެކައުނުގައި ލެއްވިގެން ވާހައި އެއްޗެއް ހައްދަވައި އެހުރިހާ އެއްޗެއް ބައްލަވާ ވޮޑިގެންވާ، އެ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެ ކަމެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

އަދި ދުނިޔަވީ ހަޔާތް ނިމުމަކަށް އައިސް އެހެން ހަޔާތެއް، އާދެ، އާޚިރަތް ދުވަސް، އަންނާނޭ ކަމަށް އިޝާރަތް ކުރެވިފައިވާ ވާހަކަ އެވެ. އަދި އެ ދުވަހުން ކޮންމެ މީހަކު ވެސް، އެމީހަކު ދުނިޔަވީ ހަޔާތުގައި ކުރި ކަންތައްތަކާ ބެހޭ ގޮތުން، ޖަވާބުދާރީވާން ޖެހޭނެ ކަމެވެ. އެމީހެއްގެ އަމަލުތަކާ ބެހޭ ގޮތުން ސުވާލު ކުރެވި ހިސާބު ބެލެވޭނޭ ކަމެވެ. އިސްލާމް ދީނުގެ، މިދެންނެވި މައިގަނޑު ތައުލީމާތުތައް، އަލްޙަމްދު ސޫރަތުގައި ނަންގަނެވިފައި ވާތީ އެ ސޫރަތަކީ ކީރިތި ޤުރްއާނުގެ 'މައި ސޫރަތް' ނުވަތަ 'ބިންގާ' ކަމުގައި ބެލެވެނީ އެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

ކީރިތި ޤުރްއާނުގެ ސޫރަތްތަކާއި އާޔަތްތައް ބާވާލެއްވުނު ތާރީޚު، މައިގަނޑު ދެ ދައުރަކަށް ބަހާލެވެ އެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ބާވާލެއްވުނީ، މައްކާގައި، ކީރީތި ރަސޫލާ، އިސްލާމީ ދައުވަތުގެ މަސައްކަތް ފައްޓަވައިގެން، ކުރިއަށް ގެންދެވި ދުވަސްވަރުގަ އެވެ. އެހެންވެ، ތާރީޚީ ގޮތުން، މިސޫރަތްތައް ސިފަކުރެވެނީ މައްކީ ސޫރަތްތަކުގެ ގޮތުގަ އެވެ. ކީރިތި ޤުރްއާނުގެ އަނެއް ބައި ސޫރަތްތައް ބާވާލެއްވުނީ، ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރެއްވުމަށް ފަހުގަ އެވެ. އިސްލާމީ ދައުލަތެއް މަދީނާގައި ގާއިމު ކުރެވި، ދައުވަތުގެ މަސައްކަތް މަދީނާގައި ކުރެއްވި ދުވަސްވަރުގަ އެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

އެހެންވެ، ތާރީޚީ ގޮތުން، މި ދައުރުގައި ބާވާލެއްވުނު ސޫރަތްތައް، ސިފަ ކުރެވެނީ މަދަނީ ސޫރަތްތަކުގެ ގޮތުގަ އެވެ. ކީރިތި ޤުރްއާނުގެ މައްކީ ދައުރާއި މަދަނީ ދައުރުގެ ސޫރަތްތައް، ތާރީޚީ ގޮތުން، އިތުރަށް ތިން ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ އެއިން ކޮންމެ ދައުރެއްގެ ކުރީކޮޅާއި މެދާއި އަދި ފަހުކޮޅަށެވެ. މިވެނި ސޫރަތަކީ، ތާރީޚީ ގޮތުން ބަލާއިރު މައްކީ ނޫނީ މަދަނީ ދައުރުގެ ކުރީކޮޅުގައި، ނުވަތަ މެދުތެރޭގައި ނުވަތަ ފަހުކޮޅުކޮޅުގައި، ބާވާލެއްވުނު ސޫރަތެއް ކަމުގައި ކަނޑައަޅާލެވެ އެވެ.

ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
ކޮލަމް ކޯދު: އަލްފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

މިގޮތުން، ސޫރަތްތަކުގެ ތާރީޚު ކަނޑައަޅާލުން ވަރަށް މުހިއްމެވެ. އެއީ ވަކި ސޫރަތެއް ނުވަތަ އާޔަތެއް ބާވާލެއްވުނު ދުވަސްވަރާއި، އެދުވަސްވަރު މުސްލިމުންގެ ތެރޭގައި ހިނގަމުން ދިޔަ ކަންތައްތަކާއި އަދި އެމީހުންނާ ކުރިމަތިވި މައްސަލަތަކާއި އެސޫރަތް ނުވަތަ އާޔަތް ގުޅޭ ގޮތް ބަލައި، މިފަދަ މައްސަލަތަކަށް، އެސޫރަތުން ނުވަތަ އާޔަތުން، ހައްލު ހޯދައި ދެވިފައިވަނީ ކިހިނެއްތޯ ދެނެގަތުމަށްޓަކަ އެވެ.

އަލްފާތިޙާ ނުވަތަ އަލްޙަމްދު ސޫރަތަކީ މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މައްކާގައި އިސްލާމީ ދައުވަތުގެ މަސައްކަތްޕުޅު ފެއްޓެވި ދުވަސްވަރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު ސޫރަތެކެވެ. އަދި އަލްފާތިޙާ އަކީ މުޅި ސޫރަތް އެއްކޮށް ބާވާލެއްވުނު ފުރަތަމަ ސޫރަތް ކަމުގައި ބެލެވެ އެވެ. މި ސޫރަތުގެ ކުރީން ބާވާލެއްވުނީ އަލްޢަލަޤު (މުސްޙަފުގެ ތަރުތީބު މަގުން 96 ވަނަ ސޫރަތް)، އަލް މުއްޒައްމިލު (މުސްޙަފުގެ ތަރުތީބު މަގުން 73ވަނަ ސޫރަތް)، އަދި އަލް މުއްދައްޘިރު (މުސްޙަފުގެ ތަރުތީބު މަގުން 74 ވަނަ ސޫރަތް)، މިތިން ސޫރަތުން ކުރެ ކޮންމެ ސޫރަތެއްގެ ވެސް ބައެކެވެ. މިސޫރަތާއި މިސޫރަތް ބާވާލެއްވުނު ދުވަސްވަރު މުސްލިމުންގެ ހާލަތުއޮތް ގޮތާއި ގުޅުން ހުރި ގޮތުގެ މައްޗަށް ފަހުން އަލި އަޅުވާލެވޭނެ އެވެ. އަލްޙަމްދު ސޫރަތުން މުއުމިނުންނަށް ލިބިދޭ ފިލާވަޅުގެ މައްޗަށް ބަލާލާއިރު އެވެ.

އަލްޙަމްދު ސޫރަތުގެ މައުޟޫގެ މައްޗަށް ބަލައިލާ އިރު، އެސޫރަތް ސިފަކުރެވެނީ މާތްﷲގެ ޙަޟުރަތުގައި ދެންނެވޭ ދުއާއެއްގެ ގޮތުގަ އެވެ. މާތް ﷲ އަށް ހަމްދުކޮށް، އެކަލާނގެ ޙަޟްރަތަށް ޝުކުރު އަދާކޮށް، އެކަލާނގެ އަށް ހައްގު ތައުރީފާއި ޘަނާގެ ބަސްތަކުން ތަމްޖީދުކޮށް، އަދަބު އިހުތިރާމު އަދާ ކުރުމަށް ފަހު، ތެދުމަގު – މާތް ﷲ އަށް އީމާންވެ، ހެވާއި ނުބައި ވަކިކޮށް އަދި ހެޔޮ ގޮތް ޚިޔާރު ކޮށް، ރިވެތި އަޚުލާގެއްގެ މަތީ ދެމިހުރެ ހަޔާތް ވެއަތު ކޮށްލާނޭ މަގު – ދެއްކެވުމަށް އެކަލާނގެ ޙަޟުރަތުގައި އެދި، ދެންނެވޭ ދެންނެވުމެއްގެ ގޮތުގަ އެވެ.

އަލްޙަމްދު ސޫރަތުގެ މާނަ ފަހުމްކޮށް ދެނެގަތުމަށްޓަކައި، އެސޫރަތުގެ އާޔަތްތައް ދެ ބަޔަކަށް ބަހާލެވިދާނެ އެވެ. ފުރަތަމަ ބައިގައި ހިމެނެނީ ފަސް އާޔަތެވެ. އެއް ވަނަ އާޔަތުން ފެށިގެން ފަސް ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައި ފެށިފައިވަނީ ބިސްމިންނެވެ. މާތްﷲގެ އިސްމުފުޅު ނަންގަނެ، ބަރަކާތް، އާދެ، ލާބަ އާއި މަންފާ، ލިބުން އެދިގެން، މިސޫރަތް ކިޔަވަން ފަށަން، އިރުޝާދު ދެވިގެންނެވެ.

ދެ ވަނަ އާޔަތުން ފެށިގެން ފަސް ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރެވިފައިވަނީ މާތްﷲގެ ރަސްކަންފުޅު ދެނެގަތުމާއި، އެކަލާނގެ ޙަޟްރަތަށް އަދަބު އިހުތިރާމު އަދާކޮށް، އެކަލާނގެ ރަސްކަންފުޅަށް ގަދަރު ބެހެއްޓުގެ ވާހަކަ އެވެ. އަދި އެއަށް ފަހު، މާތްﷲ އާއި މުއުމިނުންނާ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ވާހަކަ އެވެ. ދެ ވަނަ ބައި އެކުލެވިގެންވަނީ ހަވަނަ އާޔަތާއި ހަތް ވަނަ އާޔަތުގެ މައްޗަށެވެ. މި ބައިގައި ސޫރަތުގެ މައިގަނޑު ވާހަކަ އައިސްފައިވެ އެވެ. މި ދެ އާޔަތުގައި ވަނީ، ކުރިން ވެސް ނަންގަނެވި ދިޔަ ފަދައިން، 'ތެދު މަގު' – މުއުމިނުންގެ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލާނޭ ގޮތުގެ މަގު – ދެއްކެވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދެންނެވޭ ދުއާގެ ވާހަކަ އެވެ. މިބައިތަކުގެ މައްޗަށް އިތުރަށް ބަލައިލަމާތޯ އެވެ.

އެންމެ ފުރަތަމަ މިސޫރަތުގެ ފެށުން ކަމުގައިވާ ބިސްމި އަށް ބަލައިލަމާތޯ އެވެ. ބިސްމި އަކީ ކޮންމެ ސޫރަތެއްގައި ހިމެނޭ އާޔަތެއްތޯ ނުވަތަ ނޫންތޯއާ މެދު މުސްލިމު އިލްމުވެރީން ބަހުސު ކުރައްވައިފައިވެ އެވެ. ތައުބާ ސޫރަތް ފެށުމުގައި ބިސްމި ނުހިމެނޭކަމާ މެދު ހުރިހާ އިލްމުވެރީން އެއްބަސްވެ ވަޑައިގަންނަވަ އެވެ. ނަމަވެސް އެހެން ސޫރަތްތައް ފެށުމުގައިވާ ބިސްމިޔާ މެދު އިލްމުވެރީންގެ ހިޔާލު ތަފާތެވެ.

އިމާމު އަބޫހަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމިއަކީ ސޫރަތެއް ފެށުން ފާހަގަ ކުރުމުގެ ގޮތުން ބާވާލެއްވިފައިވާ، އެސޫރަތުގެ އާޔަތެއް ކަމުގައި ނުހިމެނޭ، ވަކި އާޔަތެކެވެ. އެހެންވެ، ނަމާދުގައި އަލްޙަމްދު ކިޔުމުގައި، ޙަނަފީން ބިސްމި ކިޔަނީ ސިއްރުންނެވެ. އިމާމު ޝާފިޢީގެ ރައުޔުގައި ބިސްމިއަކީ އަލްޙަމްދާއި އަދި އެހެނިހެން ސޫރަތްތަކުގެ އާޔަތްތަކު ތެރޭގައި ވެސް ހިމަނާލެވޭ އާޔަތެކެވެ. އެހެންވެ ޝާފިޢީން ނަމާދުގައި ބިސްމި ކިޔަނީ އަޑު ހަރު ކޮށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ބިސްމިޔަކީ އަލްޙަމްދު ސޫރަތުގެ އާޔަތްތަކުގެ ތެރޭގައި ހިމެނޭ، ނަމަވެސް އެހެން ސޫރަތްތަކުގެ އާޔަތްތަކުގެ ތެރޭގައި ނުހިމެނޭ ވަކި އާޔަތެކެވެ.

ބިސްމި އަށް ފަހު، ދެ ވަނަ އާޔަތުން ފެށިގެން ހަތަރު ވަނަ އާޔަތުގެ ނިޔަލަށްވަނީ މާތް ﷲ އަށް ތަމްޖީދުކޮށް ތައުޡީމު އަދާކުރުމުގެ ވާހަކަ އެވެ. އެކަލާނގެ އަށް ޘަނާ ދަންނަވައި އެކަލާނގެ މަތިވެރި ކުރުމުގެ ވާހަކަ އެވެ. އަދި މިގޮތުގެ މަތީން އެކަލާނގެ އަށް އަދަބު އިހްތިރާމު އަދާކޮށް، ގަދަރު ބެހެއްޓުމުގެ ވާހަކަ އެވެ. މި ވާހަކަތައް ފެށިފައިވަނީ الحمد لله މި އާޔަތުންނެވެ. މި އާޔަތުގައި އިރުޝާދު ދެވިފައިވަނީ މާތްﷲގެ ހަޟްރަތަށް ޙަމްދު ކުރުމަށެވެ.

ޙަމްދު ކުރުމަކީ ހިތުގައި އުފެދޭ ޝުކުރާއި ތައުރީފުގެ އިހުސާސުތައް ދުލުން ފާޅު ކުރާ ކުރުމެވެ. ޝުކުރު އަދާ ކުރެވެނީ އިހުސާންތެރި ކަމަކާ ވިދިގެންނެވެ. ހިތުންނާއި ދުލުންނެވެ. ތިމާ އަށް، ނޫނީ އެހެން މީހަކަށް، އެހެން ފަރާތަކުން އިހުސާންތެރިކަމެއް ލިބިއްޖެ ނަމަ އެ ފަރާތަކަށް ދުލުންނާއި ހިތުގެ އަޑީން ޝުކުރު އަދާ ކުރެވެ އެވެ. ތައުރީފު ކުރެވެނީ ރީތި ނޫނީ މޮޅެތި ސިފަތަކާއި އަދި ކަންކަމާ ގުޅޭ ގޮތުންނެވެ.

މީހެއްގެ ކިބައިގައި ތެދުވެރިކަމާއި އަމާނަތްތެރިކަން ހުރެއްޖެނަމަ ނުވަތަ ހިތްވަރާއި ކެރުން އެ މީހަކަށް ލިބިގެންވީ ނަމަ އެ ކަންކަމަށް ތައުރީފުގެ ބަސްތައް ކިޔާ އިއްވެ އެވެ. އަދި ހަމަ އެހެންމެ، މީހަކު ކާމިޔާބީއެއް ހޯދައިފި ނަމަ އެކަމާ ވިދިގެން ވެސް އެ މީހަކަށް ތައުރީފު ކުރެވެ އެވެ. ހުރިހާ ޙަމްދެއް ހައްގުވަނީ މާތްﷲ އަށޭ ބުނެވޭ ބަހުގެ މާނައަކީ ހުރިހާ ރިވެތި ސިފަތަކާއި މޮޅުކަމެއް އެކަލާނގެ ޙަޟްރަތަށް ލިބިވޮޑިގެންވާ ކަމަށް އިއުތިރާފުވެ، އެކަމަށްޓަކައި ތައުރީފާއި ޘަނާ ކިޔުމެވެ.

އަދި އެހެނިހެން މަޚުލޫގުންނަށް ލިބިފައިވާ މި ފަދަ ކަންކަމާއި، ހޯދާ ކާމިޔާބުތަކުގެ އަސްލަކީ އެކަލާނގެކަމަށް ހިތުގެ އަޑީން ގަބޫލުކޮށް، ދުލުން އިގުރާރުވެ، ޝުކުރުވެރި ވުމެވެ. އެކަލާނގެ ކިބަފުޅަށް ޙަމްދު ކުރުން ދޭހަކޮށްދެނީ، އެކަލާނގެ ދެއްވާ ނިޢުމަތްތަކަށް ޝުކުރު ކުރާ ކަމެވެ. ތިމާ ދުނިޔެ އަށް ފޮނުއްވައި ދުނިޔޭގައި އުޅެވޭނެ ގޮތް މެދުވެރި ކޮށްދެއްވައި، ގިނަގުނަ ނިއުމަތްތައް ދެއްވި ކަމަށްޓަކަ އެވެ. އަދި ތިމާ އަށް، އެކި އެކި ނިއުމަތްތަކާއި ކާމިޔާބީތައް ލިބޭ ހިނދު ބޮޑާވެގަތުމާއި ކިބުރުވެރިވުމުން އެއްކިބާވެ، ތަވާޟުއުވެރިވެ ހިތްތިރި ކުރާކަމެވެ.

(ނުނިމޭ)