ޗައިނާގެ ބިލިއަނަރަކު ފްރާންސްގައި ފާރެއްގެ މަތިން ވެއްޓި މަރުވެއްޖެ
ޗައިނާގެ ބިލިއަނަރަކު ފްރާންސްގައި ފާރެއްގެ މަތިން ވެއްޓި މަރުވެއްޖެ

ޕެރިސް (ޖުލައި 5) - ޗައިނާގެ ބިލިއަނަރު އަދި އެޗްއެންއޭ ގްރޫޕުގެ ޗެއާމަން ވަންގް ޖިއަން ފްރާންސްގައި ފޮޓޯއެއް ނަގަން ފާރެއްގެ މައްޗަށް އަރައި އުޅެނިކޮށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 57 އަހަރުގެ ޖިއަން ވެއްޓިފައި ވަނީ ބޯނިއު ސިޓީން ކަމަށެވެ. ޖިއަންއާ އެކު ތިބި މީހުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެއީ އެކްސިޑެންޓެއް ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖިއާން ވެއްޓިފައި ވަނީ ގާތްގަނޑަކަށް 40 ފޫޓު އުސް ފާރެއްގެ މަތިންނެވެ.

ޖިއާން އާއި ކޯ-ފައުންޑާ ޗެން ފެންގް ވަނީ އެޗްއެންއޭ އަކީ ވަރުގަދަ ކުންފުންޏަކަށް ހަދައިފަ އެވެ. އެ ކުންފުނީގެ އަގު 230 ބިލިއަން ޑޮލަރަށް އަރަ އެވެ. އެޗްއެންއޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ހަތަރު ލައްކަ އަށް ވުރެ ގިނަ އެވެ. ފޯބްސް އިން މިދިޔަ އަހަރު ލިސްޓްކޮށްފައިވާ ގޮތުގައި އެއީ ދުނިޔޭގެ 170 ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ.