06 ޖުލައި 2018 - 07:51

ހަފުތާއަކު ތިން ދުވަހު ނުވަތަ އެއަށް ވުރެއިން ބާގަ ކާ ނަމަ، ނޭވާ ހިއްލުމުގެ ނުރައްކާ އިތުރުވާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޗައިނާގެ ސިޗުއާން ޔުނިވަސިޓީގެ ތަޖުރިބާކާރު ޓީމަކުން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ބާގަ ކަހަލަ ޖަންކް ފުޑްތަކާ ދުރުވުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
އެ ދިރާސާގައި ބުނި ގޮތުގައި މާ ގިނައިން ބާގަ ކާނަމަ، ނޭވާލާން އުނދަގޫވެ، ނޭވާ ހިއްލުން ތަޖުރިބާ ކުރަން ޖެހި، ނޭވާލާއިރު، އަޑު ހުރުން ކަހަލަ ހިތްނޭދޭ ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ އެވެ. އަދި މިކަމުގެ ސަބަބުން އެލަޖީގެ މައްސަލަތައް ވެސް ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.
"އަނެއްކޮޅުން ޖަންކް ފުޑް ކެއުމަކީ ފަލަވުމުގެ ފުރުސަތު ވެސް ބޮޑު ކަމެއް. ފަލަވުމަކީ ވެސް ނޭވާ ހިއްލުމުގެ ނުރައްކާ ވެސް ބޮޑުކޮށްދޭ ކަމެއް،" ދިރާސާ ޓީމުން ބުންޏެވެ. "ޖަންކް ފުޑް ކަހަލަ ކެލޮރީޒްތައް ގިނަ އެއްޗެހި ކެއުމަކީ ސިއްހަތަށް އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން. އެހެންވެ އެބަ މިކަހަލަ ކެއުންތަކުން ދުރުވާން."
ދިރާސާ ޓީމުގައި ހިމެނޭ ޑރ. ގަންގް ވަންގް ވިދާޅުވި ގޮތުގައި ބާގަ ކަހަލަ ޖަންކް ފުޑްތައް މާ ގިނައިން ކެއުމަކީ ފައިދާ ހުރި މާއްދާތައް އެކުލެވޭ ކާ އެއްޗިއްސާ މީހާ ދުރު ވެސްކޮށް ދޭނެ ކަމެކެވެ. އެގޮތުން އެފަދަ ތަކެތި ކާ ނަމަ މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތައް ބޭނުން ކުރެެވޭލެއް މަދު ވާނެ ކަމަށް ވިދާޅުވި އެވެ.
"ޖަންކް ފުޑާއި އެލަޖީތަކާ ގުޅުން ހުރިކަން ދިރާސާ އިން ދައްކާ. އެކަމަކު އަދިވެސް މިކަމާ ބެހޭ ގޮތުން އެބަ ޖެހޭ އިތުރު ހޯދުންތަކެއް ހޯދަން. މި ވަގުތަށް ވެސް ދެވެން އޮތް އިރުޝާދަކީ ބާގަ ކަހަލަ އެއްޗެހި ކެއުން މަދުކުރާށޭ ސިއްހަތާ ދޭތެރޭ ވިސްނާ ކަމަށް ވަންޏާ."