ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފްކޮށްފި
ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފްކޮށްފި

‎މުޖުތަމައުއަށް މަންފާކުރާ ކްރިއޭޓިވް ދިވެހި އުފެއްދުންތަކަށް، ރާއްޖެ އާއި ބޭރުގެ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް، ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން މިއަދު ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފްކޮށްފި
ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފްކޮށްފި

"ނިރު އެކްސެލެރޭޓަ"ގެ ނަމުގައި ސޯލްޓް ރެސްޓޯރަންޓްގައި ތައާރަފްކުރި، މިޕްރޮގާރާމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އުރީދޫގެ ތަސައްވަރަކީ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ހަޔާތަަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ގެނެސްދިނުން ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ވިޔަފާރިކުރާ ގޮތްތަކާއި ޚިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފްކޮށްފި
ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަ ޕްރޮގްރާމް އުރީދޫން ތައާރަފްކޮށްފި

"އެންމެ އެކަހެރި ހިސާބުތަކުންވެސް، ދުނިޔޭގެ ޑިޖިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިދާނެ. އުރީދޫގެ ނިރު އެކްސެލެރޭޓަ މެދުވެރިކޮށް ކޮށްދޭ ކަމަކީ މިއީ. ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިތައް މި ޕްރޮގްރާމަށް ގެނެސް، މުޖުތަމައު އަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުދި އަދި އަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

އުރީދޫގެ އުރީދޫގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ޙުސައިން ނިޔާޒް ވިދާޅުވީ ދިވެހި މުޖުތަމައަށް ފައިދާކުރަނިވި ގޮތަކަށް އެކްސެލެރޭޓަ ޕްރޮގްރާމް ހިންގުމަށް އެ ކުންފުނިން ޚާއްސަ އަހަމިއްޔަތުކަމެއްދޭ ކަމަށެވެ.

"މިގޮތުން މުޖުތަމައުގައި އެއްބައިވަންތަކަން އިތުރު ކުރުން، އާންމު ހާލަތަށް ވުރެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވުން އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން އިސްކަންދޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މި އަހަރުގެ ޕްރޮގްރާމް ހާއްސަކޮށްފައިވާ ތީމްތަކުގެ ތެރޭގައި ހިމެނެނީ "ގުޅިފައިވާ މުޖުތަމައު" އާއި "ގުޅިފައިވާ ސިޓީ" އާއި "މާލީ ޚިދުމަތްތައް" އަދި "ސްމާޓް ޚިދުމަތްތައް" ކަމަށެވެ.

އުރީދޫން ބުނީ ނިރު އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެކަށީގެންވާ ޕްލެޓްފޯމެއް ކަމަށެވެ. އެ ގޮތުން، އެކްސެލެރޭޓާއަށް ހޮވާލެވޭ ޓީމްތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވާކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހަމައެއާއި އެކު ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ. އަދި ނިރު އެކްސެލެރޭޓާ ފުރިހަމަ ކުރުމަށްފަހު ވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ،" އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ނިރު އެކްސެލޭޓާގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ، އަންނަ މަހު ބާއްވާ ހެކަތޮން ކަމަށެވެ. އެގޮތުން، ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި ވިޔަފާރީގެ ބިންގާތަކާއި ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހެކަތޯންގައި ހުށަހަޅާ ކޮންސެޕްޓުތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް، އެކްސެލެރޭޓާގައި ބައިވެރިކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ މުޖުތަމައަށް ފައިދާކުރާނެ ކްރިއޭޓިވް ހިޔާލަކާއެކު ކޮންމެ މީހަކަށް ވެސް ނިރު އެކްސެލެރޭޓާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން، އެ ހިޔާލުތަކަކީ ވަކި ޝަރުތުތައް ފުރިހަމަ ވެފައިވާ ހިޔާލަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނިރު އެކްސެލެރޭޓާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ނިރު އެކެސެލްރޭޓާގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާ ގުޅުންހުރުމާއި ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭ ފަދަ ކޮންސެޕްޓަކަށްވުމާއި ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ފޯރުކޮށްދެވޭ ޚިދުމަތަކަށްވުމާއި ކެޕިޓަލް އެފިޝަންޓްވުމާއި އެކު ލިބިގެންދާ ސީޑް ފަންޑިން މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ އުފެއްދުމަކަށް ވުން އަދި ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި މީހުން ތިބުމުގެ އިތުރުން އެކްސެލެރޭޓާގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ މީހުންނަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވާކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ މީހުންނަށް ވާން ޖެހެ އެވެ.