އަހަރެން މަކަރު ހަދަނީއެއް ނޫން، އެއީ ތަދުވީމާ އުޅޭގޮތް: ނޭމާ
އަހަރެން މަކަރު ހަދަނީއެއް ނޫން، އެއީ ތަދުވީމާ އުޅޭގޮތް: ނޭމާ

މޮސްކޯ (ޖުލައި 4) - ވޯލްޑް ކަޕް ކުރިއަށްދާ އިރު ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވާ އެއް ކުޅުންތެރިއަކަށް ބްރެޒިލްގެ ފޯވާޑް ނޭމާ ވާނެ އެވެ. ނޭމާ އަށް ކަމެއް ނުވި ނަމަވެސް މާބޮޑަށް ދަނޑުމަތީގައި އެކްޓް ދައްކަނީ ކަމަށް ބައެއް މީހުން ބުނެ އެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި ވެސް ނޭމާ ވަނީ އެފަދަ ހަރަކާތެއް ދައްކައިފަ އެވެ.

އަހަރެން މަކަރު ހަދަނީއެއް ނޫން، އެއީ ތަދުވީމާ އުޅޭގޮތް: ނޭމާ
އަހަރެން މަކަރު ހަދަނީއެއް ނޫން، އެއީ ތަދުވީމާ އުޅޭގޮތް: ނޭމާ

ނަމަވެސް 26 އަހަރުގެ ފޯވާޑް ބުނީ އޭނާ އެ ގޮތަށް އުޅެނީ ހަމަ ހަގީގަތުގައި ވެސް ތަދުވުމުން ކަމަށެވެ. އަދި މެކްސިކޯ މެޗުގައި ވެސް އެ ގޮތަށް އުޅުނީ މިގުއެލް ލަޔުން އޭނާގެ ފައިގެ ކުޑަހުޅު މައްޗަށް އެރުމުން ކަމަށް ނޭމާ ބުންޏެވެ.

އެކަމަކު މެކްސިކޯގެ ކޯޗު ހުއާން ކާލޯސް އޮސޯރިއޯ ބުނީ ޕީއެެސްޖީގެ ފޯވާޑް ދަނޑުމަތީގައި ދައްކާ "އެކްޓް" އަކީ ފުޓުބޯޅަ އަށް ރަނގަޅު މިސާލެއް ނޫން ކަމަށެވެ.

ނޭމާ ބުނީ ދަތުވީމާ ދެން ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.

"އަހަރެންގެ ފަޔަށް ހަމަލާ އެރީ ބޯޅަ ވެސް ނެތި. އެއީ ކޮށްގެންވާނެ ކަމެއް ނޫން،" ނޭމާ ބުންޏެވެ.

މެކްސިކޯ ކޯޗު ބުނީ ފަޔަށް ތަދުވި ކަމަށް ހަދައި ނޭމާ މެޗު ހުއްޓުވާލީ މެކްސިކޯ ރަނގަޅަށް ކުޅެމުން ދިޔަ ދަނޑިވަޅެއްގައި މޮމެންޓަމް ގެއްލުވާން ކަމަށެވެ.

"އެއީ ފުޓުބޯޅަ އަށް ހުތުރެއް. އަދި ފުޓުބޯޅަ ބަލާ މީހުންނަށް ވެސް ހުތުރެއް. ފުޓުބޯޅައިގައި އެކްޓް ކުރުމެއް ނޯވޭ. އެއް ކުޅުންތެރިއެއްގެ ސަބަބުން އަހަރެމެންނަށް އެތައް ވަގުތެއް ގެއްލުނު،" އޮސޯރިއޯ ބުންޏެވެ.

މެކްސިކޯ މެޗުގައި ނޭމާ ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ.