05 ޖުލައި 2018 - 07:18

ތަފާތު އެކި ނަންނަމުގައި އެކި ފެންވަރުގެ ޑްރޯންތައް ބައިވަރެވެ. ކުދިބޮޑު ގިނަ މީހުންގެ މިހާރުގެ އެންމެ ބޮޑު ޝައުގުވެރިކަމަކީ ވެސް ޑްރޯން ދުއްވުމެވެ. މީގެ ދެތިން އަހަރު ކުރިން ޑްރޯންއަކީ އާންމު މީހަކަށް އަތްފޯރާ އަގެއްގައި ހުރި އެއްޗެއް ނޫނެވެ. ޚަރަދު ބޮޑުވުމުގެ އިތުރަށް ގެންގުޅެންވެސް އުނދަގުލެވެ. ރާވައި، ރޫޅައި ހެދުމަށް ގިނަ ވަގުތުތަކެއް ވެސް ހޭދަވެއެވެ.
އެކަމަކު މިހާރު އަގުހެޔޮ ޑްރޯން ހުރެއެވެ. ޖީބުން ނަގާ ގޮތަށް ފައިތައް ހުޅުވާލައިގެން ގެންގުޅެވޭނެ ޑްރޯން ވެސް މިހާރު ގެންގުޅޭތީ ފެނެއެވެ. އެކަމަކު އަމިއްލައަށް މާހައުލު ދެނެގަންނަ ފެންވަރު ހުރި ޑްރޯންތައް މަދެވެ. މާކް ޑްރޯންއަކީ މިއަށްވުރެ ދަރަޖައެއް ކުރީގައި އުޅޭ ޑްރޯންއެކެވެ.
މީގައި 4ކޭ ރިޒޮލިއުޝަންގެ ވީޑިއޯ ރިކޯޑުކުރުމުގެ ގާބިލުކަން މީގައި ވެ އެވެ. މި ޑްރޯންގެ އެންމެ ޚާއްސަ ކަމަކީ ވައިއޯ ޓެކްނޮލޮޖީގެ ސަބަބުން، މި ޑްރޯނަށް އެ ދަތުރުކުރަނީ ކޮން ކަހަލަ ތަނެއްގައިކަން ދެނެގަނެވޭ ކަމެވެ. އެތެރޭން ބޭރަށް ނުކުންނައިރު މި ޑްރޯނަށް އެނގެއެވެ. ބޭރުން އެތެރެއަށް ވަންނައިރު ވެސް އެކަން އިހުސާސްވެއެވެ.
މަތީ ފެންވަރުގެ ސާފު ވީޑިއޯ ނެގުމުގައި މާކް ޑްރޯންގައި ގާއިމުކޮށްފައިވާ އިމޭޖް ސްޓެބިލައިޒާ މުހިއްމު ދައުރެއް އަދާކުރެއެވެ. މި ސްޓެބިލައިޒާގެ އެހީގައި ފޮޓޯ ނަގައެވެ. ނަގާ ފޮޓޯތައް ވެސް ހުންނަނީ 13އެމްޕީ ފެންވަރުގައެވެ. އައިފޯނެއްގެ ބަރުދަން ހުނަނަ މި ޑްރޯން އުފުލާ ގެންގުޅޭކަށް ޚާއްސަ ދަބަހެއް ބޭނުމެއް ނުވެއެވެ. ގަމީހު ޖީބަށް ނޫނީ އަތްދަބަހަށްލާ ރައްކާކުރެވޭނެއެވެ.