މަރާލި ނޫސްވެރިންގެ ހަނދާނުގައި އެމެރިކާގެ ދިދަ ބައި ދަނޑިއަށް
މަރާލި ނޫސްވެރިންގެ ހަނދާނުގައި އެމެރިކާގެ ދިދަ ބައި ދަނޑިއަށް

ވޮޝިންޓަން (ޖުލައި 4) - އެމެރިކާގެ މެރީލޭންޑުގެ ނޫހަކަށް ވަދެ ހަމާލާދީ މަރާލި ފަސް ނޫސްވެރިންގެ ހަނދާނުގައި އެމެރިކާގެ ދިދަ ބައި ދަނޑިއަށް ތިރި ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

ޓްރަމްޕް މި ގޮތަށް އަންގަވާފައި ވަނީ ނޫސްވެރިންގެ ހަނދާނުގައި ބައި ދަނޑި އަށް ދިދަ ތިރިކޮށްދިނުމަށް ކމެރީލޭންޑުގެ ވެރިރަށް އަނަޕޮލިސް ސިޓީގެ މޭޔަރު ގަވިން ބަކްލީ ވައިޓް ހައުސްގައި އެދިވަޑައިގަތް ނަމަވެސް އެކަމަށް ދެކޮޅު ހަދައިފައިވާ ކަމުގެ ރިޕޯޓްތައް އާއްމުވެފައި ވަނިކޮށެވެ. ނަމަވެސް ވައިޓް ހައުސް އިން ބުނެފައި ވަނީ މޭޔަރުގެ ހުށަހެޅުން ލިބިވަޑައިގަތުމާ އެކު ބައި ދަނޑިއަށް ދިދަ ތިރިކުރަން ޓްރަމްޕް ނިންމެވި ކަމަށެވެ.

އަނަޕޮލިސްގައި ބުރާސްފަތި ދުވަހު ދިން ބަޑީގެ ހަމަލާގައި ކެޕިޓަލް ގެޒެޓުގެ ފަސް މުވައްޒަފަކު ވަނީ މަރުވެފަ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ކެޕިޓަލް ގެޒެޓުގެ މުވައްޒަފުންތަކެއް ނެތި ދިއުމުގެ ހިތާމައިގައި ގައުމު ބައިވެރިވާން ޖެހޭނެ ކަމަށެވެ.

ނޫސްވެރިންގެ ހަނދާން އާ ކުރަން ޓްރަމްޕް ނިންމެވި އިރު މީގެ ކުރިން ވަނީ ނޫސްވެރިންނަށް ޓްރަމްޕް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. ޓްރަމްޕް ކުރިން ވަނީ ނޫސްވެރިންނަކީ "ރައްޔިތުންގެ ދުޝްމަނުން" ކަމަށް ވިދާޅުވެފަ އެވެ.