ނޭމާ ރެއާލަށް ގެންދަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
ނޭމާ ރެއާލަށް ގެންދަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

މެޑްރިޑް (ޖުލައި 3) - ޕެރިސް ސެއިންޓް ޖާމައިން އަދި ބްރެޒިލްގެ ފޯވާޑް ނޭމާ ރެއާލް މެޑްރިޑަށް ގެންދަން އުޅޭ ކަމަށް ސްޕޭނުގެ ބައެއް މީޑިއަތަކުން ބުނި ނަމަވެސް އެ ކްލަބުން އެކަން ދޮގުކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ފޯވާޑް ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވީ ރެކޯޑް އަގެއް ކަމަށްވާ 200 މިލިއަން ޕައުންޑަށެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ބްރެޒިލް ޖާގަ ހޯދި އިރު ނޭމާ ވަނީ ދެ ގޯލް ޖަހައިދީފަ އެވެ.

ނޭމާ ރެއާލަށް ގެންދަން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ ސްޕޭނުގެ ޓީވީއީ އިންނެވެ. ނަމަވެސް ރެއާލުން ނެރުނު ބަޔާނެއްގައި އެކަން ވަނީ ދޮގުކޮށްފަ އެވެ.

"ޕީއެސްޖީ އަށް ނުވަތަ ނޭމާ އަށް ރެއާލުން އެއްވެސް ހުށަހެޅުމެއް ހުށަހަޅައިފައެއް ނުވާނެ،" ރެއާލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓީވީއީ އިން ބުނެފައި ވަނީ ނޭމާ އަށް ރެއާލުން 310 މިލިއަން ޔޫރޯ (275 މިލިއން ޕައުންޑް) ހުށަހަޅާފައިވާ ކަމަށެވެ.

ނޭމާ ވަނީ ފްރާންސްގެ ޗެމްޕިއަން ޓީމަށް 30 މެޗުން 28 ގޯލު ޖަހައިދީފަ އެވެ. ސީޒަނުގެ ފަހު ކޮޅު ނޭމާ ހުރީ އަނިޔާގަ އެވެ.