04 ޖުލައި 2018 - 07:07

ފެޝަން އިންޑަސްޓްރީން އާދަޔާ ޚިލާފު ޑިޒައިންތައް މި ފަހަކަށް އައިސް އެބަ ފެނެ އެވެ. މިފަހަރު ޑެނިމް ބްރޭންޑުން އުފައްދައިގެން މި އުޅެނީ އެކޮޅުކޮޅުން އޮންނަ ޝޯޓެކެވެ.

އެކަމަކު މިއީ ހަމަ ޝޯޓެކެވެ. އެކަމަކު މި ލައިގެން ހުންނައިރު ފެންނާނީ އެކޮޅުކޮޅުން ޝޯޓެއް ލައިގެން ހުންނަ ގޮތަށެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ޝޯޓް "ނެންސީ" ވިއްކަން ހަމަޖައްސާފައި ވަނީ 385 ޑޮލަރަށް ކަމަށް ޑެނިމްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އެ ކުންފުނިން ވަނީ މިގޮތަށް އެކޮޅުކޮޅުން ފެންނަ އިތުރު ތިން އުފެއްދުމެއް ވެސް ބާޒާރަށް ނެރެން ނިންމައިފަ އެވެ. މި ޑިޒައިންތަކުގެ ޕޭޓަންޓް ރެޖިސްޓްރީކުރަން ޑެނިމް އިން ވަނީ ހުށަހަޅައިފަ އެވެ.
ޑެނިމް އިން ބުނީ މި ޑިޒައިންތައް ހުންނާނީ ޖީންސް ޝޯޓް ގޮތަށް ކަމަށެވެ. އަދި މީގައި ޑެނިމްގެ ހުރިހާ ސިފަތަކެއް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.