03 ޖުލައި 2018 - 07:26

ހަކުރު ބަކި ތަހައްމަލު ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ވޭނަކީ އިންސިިއުލިން އިންޖެކްޝަން ޖަހަން ޖެހުމެވެ. މިއީ އިސްޖެކްޝަން ޖަހަން ބިރުގަންނަ މީހުންނަށް އޮތް އިތުރު ހިތްދަތި ކަމެކެވެ. އެކަމަކު މިހާރު އޮތީ އުފާވެރި ހަބަރަކެވެ.
އިންޖެކްޝަން ޖެހުމުގެ ބަދަލުގައި ބޭނުން ކުރެވިދާނެ އިންސިއުލިން ޕިލްއެއް ނުވަތަ ގުޅަ ބޭހެއް ވަނީ އީޖާދުކޮށްފަ އެވެ. މިކަމެއް ކާމިޔާބު ކުރެވޭތޯ ސައިންސްވެރިން މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު މިއޮތީ އެކަން ކާމިޔާބުވެފަ އެވެ.
އެކަމަކު އަދި އިންސިއުލިން ޕިލް، ބޭސް ފިހާރަތަކާ ހަމައަށް އަންނާނެ އިރެއް ނޭނގެ އެވެ. ރިޕޯޓްތައް ބުނަނީ ދެން އެކަމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.
އެހެންވެ ޔަގީނުން ވެސް މިއީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ މޫނު މައްޗަށް އުފާވެރިކަން ގެނުވައި ދޭނެ ކަމެކެވެ.