ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރުގައި ޖަލުން ފިލައިފި
ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރުގައި ޖަލުން ފިލައިފި

ޕެރިސް (ޖުލައި 2) - ފްރާންސްގެ ޕެރިހުގެ ޖަލަކުން ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރެއްގައި ފިލައިފި އެވެ.

ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރުގައި ޖަލުން ފިލައިފި
ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރުގައި ޖަލުން ފިލައިފި

ރަދޮއިން ފާއިދު ނަމަކަށް ކިޔާ ނުރައްކާތެރި ކުށްވެރިޔާ ޖަލުން ފިލާފައި ވަނީ ބަރު ހަތިޔާރާ އެކު ތިބި ތިން މީހެއްގެ އެހީގަ އެވެ. ފާއިދުގެ ބޭބެއަކާ ބައްދަލު ކުރަން މެހްމާނުންގެ ކޮޓަރިއަށް ވަތް ވަގުތު ބަޑި ހިފައިގެން ތިބި ދެ މީހަކު ވަނީ ސްމޯކް ބޮމާއި އަތުބޮން އުކައި މެހެމާނުންގެ ކޮޓަރިއަށް ވަދެ ފާއިދު ނެރެފަ އެވެ. އޭރު ތިން ވަނަ މީހާ ހުރީ ޖަލުގެ ކޯޓްޔާޑުގައި ހެލިކޮޕްޓަރެއް ގާޑުކޮށްގެންނެވެ. ހެލިކޮޕްޓަރު ޖަލަށް ތިރިކުރީ ހައިޖެކްކޮށްގެންނެވެ. ހެލިކޮޕްޓަރު ޖެއްސި ކޯޓްޔާޑަކީ އެންޓި-އެއާކްރާފްޓް ނެޓް ނުޖަހައި ހުރި ހަމައެކަނި ސަރަހައްދެވެ. ޖަލުން ބުނީ އެ ސަރަހައްދުގައި ނެޓު ޖަހާފައި ނުވަނީ އެއީ ގައިދީން ބޭނުންކުރާ ތަނަކަށް ނުވާތީ ކަމަށެވެ. ގޭންގްސްޓާ ޖަލުން ފިލި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރުގައި ޖަލުން ފިލައިފި
ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރުގައި ޖަލުން ފިލައިފި

ޖަލާ ކައިރީގައިވާ ސަރަހައްދަކަށް ހެލިކޮޕްޓަރު ތިރިކުރުމަށް ފަހު ގޭންގް މީހުން ވަނީ ފިލައިފަ އެވެ. ފުލުހުން ފަހުން ވަނީ ހެލިކޮޕްޓަރު ހޯދައިފަ އެވެ. ގޭންގްސްޓާރުން ފިލި ނަމަވެސް ހެލިކޮޕްޓަރުގެ ޕައިލެޓަށް އެއްވެސް ގެއްލުމެއް ދީފައެއް ނުވެ އެވެ. ނަމަވެސް ޕައިލެޓަށް ލިބުނު ޝޮކާ ގުޅިގެން އޭނާ އަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ.

ފްރާންސްގެ ދާޚިލީ ވުޒާރާ އިން ބުނީ ފާއިދު ހޯދަން 3،000 ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.

އުމުރުން 46 އަހަރުގެ ފާއިދު ދަނީ ވައްކަމުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ވައްކަމުގެ ތެރޭގައި އޭނާ ވަނީ ފުލުހަކު ވެސް މަރާލައިފަ އެވެ. މިއީ ފާއިދު ޖަލުން ފިލި ދެ ވަނަ ފަހަރެވެ. ދެހާސް ތޭރަ ވަނަ އަހަރު ވެސް އޭނާ ވަނީ ޖަލުގެ ހަތަރު ގާޑަކު އިންސާނީ އައްޑަނައަކަށް ހެދުމަށް ފަހު ޖަލުގެ ދޮރުތަކުގައި ޑައިނަމައިޓް އަޅައި ގޮއްވާލުމަށް ފަހު ފިލައިފަ އެވެ. އެ ފަހަރު އޭނާ ޖަލުން ފިލީ ފްރާންސްގެ އުތުރުގެ ޖަލަކަށް ބަދަލުކުރިތާ ބައިގަޑިއިރު ވެސް ނުވަނީހެވެ. ފާއިދު ފިލައިގެން އުޅެނިކޮށް އަތުލައިގަތީ ހަ ހަފުތާ ފަހުންނެވެ.

ފްރާންސްގެ ދެކުނުގެ ޖަލަކުން 2001 ވަނަ އަހަރު ވެސް ވަނީ ހެލިކޮޕްޓަރުގައި ގައިދީންތަކެއް ފިލައިފަ އެވެ. އޭގެ ދެ އަހަރު ފަހުން ވެސް ވަނީ މި ބާވަތުގެ ހާދިސާއެއްގައި ފްރާންސްގެ ޖަލަކުން ގައިދީންތަކެއް ފިލައިފަ އެވެ.