ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި

ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާގައި "ޕަވާ މިކްސް"ގެ ނަމުގައި ހެދި ކޮންކްރީޓް ތައްޔާރުކުރާ ރެޑީ މިކްސް ޕްލާންޓް ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުން އަންނަ ހުޅުމާލޭގައި ރެޑީ މިކްސް ޕްލާންޓެއް ހުޅުވުމަކީ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެފަދަ ޕްލާންޓެއް އައްޑު އާއި ކުޅުދުއްފުށި ފަދަ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ހިނގާ ރަށްރަށުގައި ހުޅުވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި

"މި ސަރުކާރު ވެރިކަމަށް އައިއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައި. ވަރަށް ބޮޑަށް ކުދި އަދި މެދުފަންތީގެ ކުންފުނިތައް އޮތީ ހިނގައިނުގަންނަ ވަރަށް އަޑިއަޅާލާފައި. އެހެން އޮތްވައި ރައީސް ޔާމީންގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ނަގައި ކޮޅަށް ޖެހުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް، ރެސްކިއު ޕެކޭޖެއްގެ ގޮތުގައި ތައާރަފްކުރައްވާފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ 2015 ވަނަ އަހަރުން ފެށިގެން ޖީޑީޕީއަށް ފެށިގެން ދެވަނައަށް އެންމެ ބޮޑު ހިއްސާއެއްކުރާ އިންޑަސްޓްރީއަށް ވެގެންދިޔަ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ވެސް އެ އިންޑަސްޓްރީއަކީ ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑު ހިއްސާއެއްކުރާ ދާއިރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދު ނަގައި ކޮޅަށް ޖެހުމަށްޓަކައި އެ މަނިކުފާނު ކުރައްވާ މަސައްކަތުގެ ސަބަބުން މިއިންޑަސްޓްރީއަށް އައި ކުރިއެރުން. މާލޭގެ ކޮންމެ ދިމާލަކަށް ބަލައިލި ނަމަވެސް 2014އިން ފެށިގެން މިއަދާ ހަމަޔަށް އަޅައިކިޔާ ބަލާއިރު މިތަފާތު ފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މާލޭގައި އިމާރާތްކުރުމަށް ހުއްދަ ހޯދަން ހުށަހަޅާ މިންވަރު މިވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެ ޕްލާންޓް ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް ކެޕޭސިޓީއަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށެވެ. އަދި ކޮންސްޓަރަކްޝަން އިންޑަސްޓްރީ ވަނީ ޕަވަމިކްސްގެ ސަބަބުން އިތުރަށް ކުރިއަރާ، ކޮންޓްރެކްޓަރުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަ ތަކެއް ހޯދައިދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ސައިޓްގައި ހަދާފައިވަނީ ޖަރުމަނުގެ ޝްވިންގް ސްޓެޓާ ބްރޭންޑުގެ ގަޑިއަކު 60 ސީބީއެމްގެ ކޮންކްރީޓް ހެދޭ ޕްލާންޓެކެވެ. އަދި ކޮންކްރީޓް އުފުލަން ހަތް ސީބީއެމްގެ ހަތަރު ވެހިކަލާއެކު ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓް އެސައިޓްގައި ވަނީ ގާއިމްކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމުގެ ގޮތުން ކޮންކްރީޓްގެ ކޮލިޓީ ހިފަހައްޓަން ބޭނުންވާ ސްލަންޕް އަދި ކިޔުބް ޓެސްޓިންގް ފަދަ ކަންތައްތައް ކުރެވޭނެ ލެބޯޓްރީއަކާއި އިންޖިނިއަރެއް ވެސް ސައިޓްގައި ހުންނާނެ ކަމަށެވެ.