30 ޖުލައި 2016 - 12:57

ފިލްމުތަކުގައި ބަތަލާގެ ބައި ކުޅުމުގެ އިތުރުން ދިއާ މިރްޒާ އަކީ ފިލްމީ ތަރި ޒައިދު ޚާނާ ގުޅިގެން ބޮޑު ޕްރޮޑަކްޝަން ހައުސްއެއް ހިންގާ މީހެކެވެ.
މިހާރު ދިއާ ވަނީ ޑައިރެކްޝަންގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެގޮތުން "ޓައިގާ ފޯ ކިޑްސް"ކިޔާ އިޝްތިހާރެއް ދިއާ މިހާރު ވަނީ ޑައިރެކްޓްކޮށްދީފަ އެވެ. މިއީ ގުދުރަތީގޮތުން ދިމާވާ ކަންތައްތަކަށް ކުޑަކުދިން ހޭލުންތެރި ކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އިޝްތިހާރެކެވެ.
"ޓައިގާ ފޯ ކީޑްސް" ކިޔާ މި ޕްރޮގްރާމްގައި އުމުރުން 4 އަހަރާއި 14 އަހަރާ ދެމެދުގެ 20 ކުއްޖަކަށް ދިއާ އެހީތެރިކަން ދިނެވެ. މި ކުދިންގެ ތެރޭގައި ފިލްމީ ބަތަލު އިމްރާން ހާޝިމީގެ ދަރިފުޅު އަޔާން އާއި ޒައިދު ޚާންގެ ދެ ދަރިން ކަމަށްވާ އާރިޒް އާއި ޒިދާން ވެސް ހިމެނެ އެވެ.
ދިއާ ބުނި ގޮތުގައި މިފަހަރުގެ ތަޖުރިބާއަށް ބަލާފައި މުސްތަގްބަލުގައި ފިލްމު ޑައިރެކްޓްކުރުމަށް ވިސްނާނެ އެވެ.