01 ޖުލައި 2018 - 17:27

އިންޓަ ކޮލެޖު ހޭންޑްބޯލް މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސައިރިކްސް ކޮލެޖުން ރޭ ހޯދައިފި އެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މައި ކޮލެޖާ ވާދަކޮށްގެންނެވެ. އެ ކޮލެޖުން މުބާރާތުގައި 105 އަށް ވުރެ ގިނަ ގޯލް ޖަހާފައި ވެ އެވެ.
އެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސައިރިކްސް ހޯދިއިރު، އެ ކޮލެޖަށް ވަނީ ކްލިކް ކޮލެޖާ ވާދަކޮށްގެން އަންހެން ބައިގެ ރަނަރަޕްކަން ވެސް ލިބިފަ އެވެ.
މުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން ފިރިހެން އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ސައިރިކްސްގެ ދެ ކުޅުންތެރިން ހިމެނެ އެވެ. އަދި އަންހެން އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ސައިރިކްސްގެ އަންހެން ފަސް ކުޅުންތެރިން ހިމެނެ އެވެ.
ސައިރިކްސް ކޮލެޖުން ވަނީ މީގެ ކުރިން ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެގޮތުން 2015 އަދި 2016 ވަނަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރު މިދިޔަ އަހަރު އެ ކޮލެޖަށް ވަނީ ރަނަރަޕްކަން ލިބިފަ އެވެ.