02 ޖުލައި 2018 - 07:20

ޗެޓް އެޕްލިކޭޝަނެއްގައި ހަދާފައިވާ ގްރޫޕެއްގެ ތެރޭގައި އެކި މީހުން ފޮނުވާ ތިމާއާ ގުޅުމެއް ވެސް ނެތް މެސެޖުތައް ބަލަން އިންނަން ޖެހުމަކީ ބޮލަށް އުނދަގޫވާ ކަމެކެވެ. އެހެންވެ ވަޓްސްއެޕުން މިކަން ހައްލުކޮށްދޭން، ގްރޫޕް އެޑްމިންގެ ގޮތުގައި ތިބޭ މީހުންނަށް ނޫނީ ގްރޫޕަށް މެސެޖު ފޮނުވުމުގެ ބާރު ނޯންނަ ގޮތް ހެދޭ ފީޗާއެއް ތައާރަފްކޮށްފި އެވެ.

"ސެންޑް މެސެޖް" ފީޗާ އޮން ކުރުމުން ގްރޫޕް އެޑްމިން އަކަށް ނޫނީ އެ ގްރޫޕަށް މެސެޖެއް ނުފޮނުވޭނެ އެވެ. ދެން ތިބި މީހުންނަށް ކުރެވޭނެހާ ވެސް ކަމަކީ އެޑްމިން އިން ފޮނުވާ މެސެޖުތައް ބަލަން ތިބުމެވެ. ފޮނުވާ މެސެޖަށް ޖަވާބު ދެވޭނީ ގްރޫޕް އެޑްމިންގެ ގޮތުގައި ތިބޭ މީހުންނަށް އެކަންޏެވެ.
މިއީ ވަރަށް ކުޑަކުޑަ ބަދަލެއް ކަމަށް ބެލެވުނަސް ހަގީގަތުގައި މިކަމުން ވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
މި ބަދަލު އައިފޯނަށް އަދި އެންޑްރޮއިޑަށް ވެސް ލިބޭނެ އެވެ. އެކަމަކު އަދި ދުވަސްކޮޅެއް ވާނެ އެވެ. މިހާރު އަންނަނީ މި އަޕްޑޭޓް މަޑުމަޑުން ދޫކުރަމުންނެވެ.
މި ސެޓިން ހަދަން: ގްރޫޕް ސެޓިން > އޮންލީ އެޑްމިންސް > ސެންޑް މެސެޖް > އޮންލީ އެޑްމިންސް ސިލެކްޓްކުރާނީ އެވެ.