ޓީވީގެ އަޑު ކުއްލިއަކަށް ގަދަވާ މައްސަލައަށް ހައްލެއް
ޓީވީގެ އަޑު ކުއްލިއަކަށް ގަދަވާ މައްސަލައަށް ހައްލެއް

ޓީވީ ބަލާއިރު އަޑު ކުއްލިއަކަށް އަޑު ގަދަވެފައި މަޑުވާ މައްސަލަ އާންމުކޮށް ދިމާވެ އެވެ. މިއީ ބައިނަލްއަގުވާމީ މައްސަލައެކެވެ. ބައެއް ފިލްމުތަކުގައި މިހެން އަޑު ގަދަވެ، މަޑުވާތީ ޓީވީ ރިމޯޓު އަތަށް ނަގައިގެން ތިބެނީ ކިތައް މީހުންހެއްޔެވެ؟

މިކަމަށް ހައްލެއް ހޯދަން ނުކުތީ އާފްޓަމާސްޓާ އޯޑިޔޯ ލެބްސްއިންނެވެ. އެ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ އާފްޓާމާސްޓާ ޕްރޯއަކީ ޓީވީގެ އަޑު އެއްވަރެއްގައި ހިފަހައްޓައިދޭ ވަސީލަތެކެވެ.

އާފްޓާމާސްޓާ ޕްރޯ އުފެއްދި ކުންފުނިން ބުނާ ގޮތުގައި މީގެ ބޭނުންކުރުމުން ކޮންމެ ޕްރޮގްރާމެއްގައި ވިޔަސް ދައްކާ ވާހަކަ ސާފުވެފައި، ކުއްލިކުއްލިއަށް އަޑުގަދަވާ ގަދަވުން ހަމައަކަށް އެޅުވޭނެއެވެ.

ސްމާޓްފޯނެއްގެ ބައްޓަމަށް ހަދާފައިވާ އާފްޓާމާސްޓާ މަސައްކަތްކުރާނީ ޓީވީން އަޑު އަންނަ ފޮއްޓާއި ޓީވީއާ ދެމެދު މި އާލާތް މެދުވެރިކޮށް ގުޅުވައިދޭ ނަރަކުންނެވެ. ޓީވީގެ އަޑާ ބެހޭ އެއްވެސް ސޮފްޓްވެޔާއެއް ޓީވީގައި ބޭނުންކުރާނަމަ އެ ސޮފްޓްވެއާތައް ނިވާލައިގެން ނޫނީ އާފްޓާމާސްޓާ އެންމެ ފުރިހަމައަށް މަސައްކަތެއް ނުކުރާނެއެވެ.

އާފްޓާމާސްޓާ މަސައްކަތްކުރަނީ ރިމޯޓަކާ ނުލައެވެ. އޭގައިވާ ފިތްތަކަށް އޮބަންޖެހޭނީ ގޮނޑިން ތެދުވާށެވެ. ކަސްރަތުކުރުން މިހައި ތަދު ޒަމާނެއްގައި މިއީ ކުޑަކުޑަ ކަސްރަތަކަށް ފުދޭނެއެވެ.