އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ
އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ

އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށާއި ހިޔާލު ތަފާތު މީހުންނާ އެކު ވެސް އުޅުއްވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް، އެ ޕާޓީގެ ކޮންގްރެސް އިން ދެންމެ ފާސްކުރި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ
އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ

އއ. އުކުޅަހުގައި މިރޭ ނިމުނު އެމްޑީޕީގެ ތިންވަނަ ކޮންގްރެސްގައި، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް 791 މީހުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ
އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލުމުގެ ކުރިން ނަޝީދަށް މަގުފަހި ވެއްޖެ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ.

އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ
އަޅުގަނޑަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ، ހިޔާލު ތަފާތުވާ މީހުންނާ އެކު ވެސް އުޅެވޭނެ: އިބޫ

މި އަހަރުގެ ރިޔާސީ އިންތިޚާބަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ކަމަށް ފާސްކުރުމާ ގުޅިގެން، ކޮންގްރެސްގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، އޭނާ ކަސްރަތު ކުރައްވަން ވަޑައިގަންނަވާ ޖިމުން ދިމާވާ ރައްޓެއްސެއްގެ އެދުމަކީ "މީހުންގެ މީހެއްގެ" ގޮތުގައި ދެމިހުންނެވުން ކަމަށެވެ.

"ތިޔަބޭފުޅުންނަށް އަޅުގަނޑު މި ޔަގީންކަން މި އަރުވަނީ އަޅުގަނޑު ހުންނާނީ މީހުންގެ މީހެއްގެ ގޮތުގައި،" ސިޔާސީ ދާއިރާގައި މިހާތާނަށް 25 އަހަރު ހޭދަކުރައްވާފައިވާ އިބޫ ވިދާޅުވި އެވެ.

ބަސް މަދު، އަދި މަޑުމައިތިރި ބޭފުޅެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރާ އިބޫ ވިދާޅުވީ، އޭނާ އަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ކިޔަވައި ދެއްވި ޓީޗަރަކު އަޅުގަނޑު ކައިރީގައި ވިދާޅުވި، ދުނިޔޭގައި ރަނގަޅަށް އަޑުއަހާ މީހުންނަކީ ވަރަށް މަދު ބައެކޭ. އޭގެ މީހަކަށް ވެވޭތޯ ބަލާށޭ. އަޅުގަނޑު ޔަގީންކޮށް ތިޔަބޭފުޅުންނަށް އަރުވަނީ އަޅުގަނޑަކީ ތިޔަބޭފުޅުން ދައްކާ ވާހަކަ އަޑުއަހާ މީހެއްގެ ގޮތުގައި ހުންނާނަމޭ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބޫ ކަމަށް ފާސްކުރުމާ އެކު، ފުރަތަމަ ފަހަރަށް ދެއްކެވި ތާރީޚީ ވާހަކައިގައި އޭނާ ވިދާޅުވި އެވެ.

ކޮންގްރެސްގައި ބައިވެރިވި 800 އަށް ވުރެ ގިނަ މަންދޫބުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ކުރިމަތީގައި އޮތީ ބަހާރު މޫސުމެކެވެ. އެ މޫސުމް ގައި ގަސްތައް ފޯދި، މާ ތައް އަޅައި ފަރިވެ ފޮޅިގެންދާ ތަން ފެންނާނެ ކަމަސް އޭނާ ވިދާޅުވި އެވެ.

އިބޫގެ މިރޭގެ ތާރީޚީ ވާހަކަ ނިންމަވައިލެއްވީ އެ ބަހާރު މޫސުމުގެ އުފާވެރިކަން ގެނެސްދޭ ޅެން ބައިތަކުންނެވެ.

"ނަޔާ އިލްމީ ބަގީޗާ އިން އުފާވެރި މާތަކޭ ފޮޅެނީ

ވަޔާ އެކުގައި އަބީރުން ރޫހު އާލާކޮށް، ހިތްތަކޭ ދިރެނީ"

އިބޫގެ ވާހަކައިގައި އެންމެ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެއް ކަމަކީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނަޝީދު ނިންމެވި ނިންމެވުމެވެ. އެހެންވެ، އިބޫ ވިދާޅުވި ގޮތުގައި މިއީ އެހާ އުފާވެރި ރެއެއް ނޫނެވެ. އަދި ނަޝީދުގެ ނިންމެވުން ގަބޫލުކުރަން ވެސް އެތައް ބަޔަކަށް ފަސޭހައެއް ނޫނެވެ.

އިބޫ ވިދާޅުވީ، ނަޝީދަކީ ރާއްޖޭގެ ޑިމޮކްރެސީ އަށާއި އިސްލާހީ މަސައްކަތާއި ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކއް ކުރައްވާފައިވާ ބޭފުޅެކެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު ވެސް، މި ޕާޓީގެ ކޮންމެ މެމްބަރަކު ވެސް ބޭނުންވަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މުހައްމަދު ނަޝީދު ހުރުމަށް. އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" އިބޫ ވިދާޅުވި އެވެ.

ނަޝީދަކީ އެމްޑީޕީގެ މި އަހަރުގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ވަރަށް ކުރިއްސުރެ ވެސް އެދިވަޑައިގަންނަވާ ކަން އިބޫ މިރޭ ހާމަކުރެއްވީ، ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ރޭ ދިމާވި ހާދިސާއަކުންނެވެ.

އިބޫ ވިދާޅުވީ، ރާއްޖޭގެ ނޫހަކުން އެ ރޭ އޭނާ އަށް ގުޅައި، ނަޝީދަށް ކުރި ހުކުމާ ގުޅިގެން އެމްޑީޕީގެ މުސްތަގުބަލާ މެދު ސުވާލު ކުރި ކަމަށެވެ.

"އަޅުގަނޑުގެ ޖަވާބަކަށް ވީ، އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރަކީ މިހާރު ވެސް އަދި 2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ރައީސް މުހައްމަދު ނަޝީދޭ. ޖެހިގެން އައި ދުވަހުގެ ހަވީރުގެ، ތިޔަބޭފުޅުން މިހާރު ވެސް ހިސްޓްރީ އަށް ގޮސް ބައްލަވާލެއްވީމާ އެނގިވަޑައިގަންނަވާނެ ފަލަ ސުރުޚީގައި އޮތީ އަޅުގަނޑު އެހެން ބުނި ވާހަކަ. އަޅުގަނޑުގެ ނިންމުމަކީ އަދިވެސް އެއީ،" އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ ތިޔަބޭފުޅުން ރައީސް ނަޝީދަށް، މުސްތަގުބަލަށް ތި ކުރައްވާ އުންމީދުތައް ހަގީގަތަކަށް ހަދައި ދިނުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ."

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު މިހާތަނަށް ހޭދަކުރައްވާފައިވާއިރު އިބޫ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު އޭނާ އެ ތަނުގައި އުޅުއްވަން ޖެހިވަޑައިގަންނަވަނީ ހިޔާލު ތަފާތު މީހުންނާ އެކުގަ އެވެ. އެކަމަކު، މިއަދު ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ފަހު ވެސް އިބޫ އަށް އޮތް އެންމެ ބޮޑު ޔަގީން ކަމަކީ ހިޔާލު ތަފާތު މީހުންނާ އެކު އޭނާ އަށް އުޅުއްވޭނެ ކަމެވެ. އެކަމުގައި އިބޫ އަށް އެއްވެސް ދައްޗެއް ނެތެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކަންކަން ހައްލު ކުރެވޭނީ ވާހަކަ ދައްކައިގެން. މަޝްވަރާ ކޮށްގެން. ނެގޯޝިއޭޓް ކޮށްގެން. އަދި ދޫދޭން ޖެހޭ ތަންތަނުގައި ދޫ ވެސް ދީގެން. އެހެން ނޫނިއްޔާ މިއަދު މި ރާއްޖެ އަށް ކުރިމަތިވެފައި މިއޮތް އަނިޔާވެރި ކަމާއި ގިލަންވެރި ކަމަކުން މި ގައުމު ސަލާމަތެއް ނުކުރެވޭނެ. މި ގައުމަށް މިއަދު ބޭނުންވޭ އެބަ ހަމަހިމޭން ވަގުތުކޮޅެއް. އިރާދަކުރެއްވިއްޔާ އެ ހަމަހިމޭން ވަގުތުކޮޅު އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށްގެން ހޯދޭނެ،" އިބޫ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯ އެ ޕާޓީގެ ތިންވަނަ ކޮންގްރެސްގައި މިއަދު ވަނީ ހާމަކޮށްފަ އެވެ. މައިގަނޑު ފަސް ކަމެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ އެ މެނިފެސްޓޯ އަކީ އެމްޑީޕީގެ އެެއްޗެއް ކަމަށް ވިޔަސް އިބޫ މިރޭ ވިދާޅުވީ އެ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވަނީ ނަމަ އެ ފުރުސަތު އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކަށް ދޭން ވާނެ ކަމަށެވެ. އަދި އެކަން ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ނަމަވެސް، އެމްޑީޕީގެ މައިގަނޑު އަސާސްތަކަށް އޭގެ ސަބަބުން އަސަރު ކުރާނެ އެއްވެސް ބަދަލެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނުގެންނާނަން،" އޭނާ ވިދާޅުވި އެވެ.