ބޫޓުގައި ހަރުކޮށްފައިވާ ކެމެރާ ގޮވައި ބޮޑު ބޭޒާރެއް
ބޫޓުގައި ހަރުކޮށްފައިވާ ކެމެރާ ގޮވައި ބޮޑު ބޭޒާރެއް

ވިސްކޮންސިން (ޖޫން 30) - އެމެރިކާގެ ވިސްކޮންސިން ސްޓޭޓުގެ މީހެއްގެ ބޫޓުގައި ހަރުކޮށްފައިވާ ކެމެރާއެއް ގޮވުމުން އެ މީހާ ބޮޑު ބޭޒާރެއް ވެއްޖެ އެވެ.

އުމުރުން 32 އަހަރުގެ ފިރިހެން މީހާގެ ބޫޓުގައި ކެމެރާ ހަރުކޮށްފައި ވަނީ އެކި އަންހެނުންގެ ސްކާޓުގެ ދަށުން ވަގަށް ފޮޓޯ ނެގުމަށެވެ. އެކަމަކު އޭނާގެ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ކެމެރާގެ ބެޓެރީ ގޮވައި އެ މީހާގެ ފައި ވަނީ ޒަޚަމްވެފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށެވެ. ސަބަބީ އެ މީހާގެ ކެމެރާ އިން އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް ނަގާފައި ނުވާތީ ކަމަށެވެ. ފުލުހުން ބުނީ އެ މީހާ ދޫކޮށްލީ ކައުންސެލިން ދިނުމަށް ފަހު ކަމަށެވެ.

ސްކާޓް ދަށުން ވަގަށް ފޮޓޯ ނެގުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ވިސްކޮންސިން އިން 2015 ވަނަ އަހަރު ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އެ ސްޓޭޓުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ތިން އަހަރާއި ބައިގެ މުއްދަތަށް ޖަލަށްލުމާއި 10،000 ޑޮލަރުން ޖޫރިމަނާ ކުރުމެވެ.