ވައިޓްވައިން ބޭނުންކޮށްގެން ހަދާފައި ހުރި ސޯސްފުޅިތަކެއް ވިއްކަމުން ދަނިކޮށް ހޯދައިފި
ވައިޓްވައިން ބޭނުންކޮށްގެން ހަދާފައި ހުރި ސޯސްފުޅިތަކެއް ވިއްކަމުން ދަނިކޮށް ހޯދައިފި

ވައިޓް ވައިން ބޭނުންކޮށްގެން ހަދާފައިހުރި ސޯސްފުޅިތަކެއް ވިއްކަމުން ދަނިކޮށް މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް އެ އެއްޗެހި ގެންގޮސްފި އެވެ.

ކަސްޓަމުން ރޭ ނެރުނު ބަޔާނުގައި ބުނީ ވައިޓް ވައިން ބޭނުންކޮށްގެން ހަދާފައި ހުރި ސޯސްފުޅިތަކެއް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނުގައި ވައިޓް ވައިން ހުރި ކަމަށް ފާހަގަކުރެވޭ ފުޅިތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެ އޮޕަރޭޝަން މާލެ ހިމެނޭ ސަރަހައްދާއި ރަށްރަށުގައި ކުރިއަށްގެންދާ ކަމަށް ކަސްޓަމުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ސުޕަމާޓްތަކަށް ކަސްޓަމްސްގެ އޮފިސަރުން ޒިޔާރަތްކޮށް ފިހާރަތައް މޮނިޓާކުރާނެ ކަމަށް ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވި އެވެ.

ވައިޓްވައިން ހުރިކަމަށް ޝައްކުކުރެވެނީ ލެގޯސް ބްރޭންޑުގެ އިޓާލިއަން ޗިކަން ސްކެލޮޕީނީ ސޯސްގަ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ އެ އޮޕަރޭޝަނުގައި މާލެ އަދި ހުޅުމާލެ އިން ފުޅިތަކެއް ހޯދާފައިވާ ކަމަށާއި އަދި ރަށްރަށުގައި ހުންނަ ސުޕަމާޓްތައް، ކަސްޓަމްސްގެ ރީޖަނަލް އޮފީހުން ބަލަމުންދާނެ ކަމަށެވެ.