އެމެރިކާގެ ނޫހަކަށް ދިން ހަމަލާގައި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ ނޫހަކަށް ދިން ހަމަލާގައި ފަސް މީހުން މަރުވެއްޖެ

މެރީލޭންޑް (ޖޫން 29) - އެމެރިކާގެ މެރީލޭންޑުގެ ނޫހެއްގެ އިދާރާ އަށް އަމާޒުކޮށް ބަޑިން ދިން ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ އެވެ.

ކެޕިޓަލް ގެޒެޓް ނޫހުގެ ބައެއް ސްޓާފުން ބުނި ގޮތުގައި ބަޑި ހިފައިގެން ހުރި މީހާ ވަނީ ނިއުސްރޫމުގެ ބިއްލޫރި ދޮރަށް ބަޑި ޖަހައިފަ އެވެ. އަދި ބިއްލޫރި ގަނޑު ފޫއަޅުވާލާފައި ބައެއް ހަމަލާ މުވައްޒަފުން ގަޔަށް އަމާޒުވި ކަމަށް ބުންޏެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ހަމަލާ ދިން ޖެރޮޑް ރާމޯސް ވަނީ 2012 ވަނަ އަހަރު އެ ނޫހާ ދެކޮޅަށް އަބުރުގެ ދައުވާއެއް ކޮށްފައި ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ހަމަލާ ދިން މީހާގެ މަގްސަދު ނޭނގޭ ކަމަށެވެ.

ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ނޫހުގެ އެޑިޓަރަކާއި ތިން ރިޕޯޓަރުންނާއި ސޭލްސް އެސިސްޓެންޓަކު ހިމެނެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަމަލާ ކުށްވެރި ކުރައްވައިފަ އެވެ.