މުމްބާއީގެ އިމާރާތެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
މުމްބާއީގެ އިމާރާތެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

މުމްބާއީ (ޖޫން 28) - އިންޑިއާގެ މާލީ ވެރިރަށް މުމްބާއީގެ އިމާރާތެއްގެ މައްޗަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ފަސް މީހުން މިއަދު މަރުވެއްޖެ އެވެ.

މުމްބާއީގެ އިމާރާތެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
މުމްބާއީގެ އިމާރާތެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

ޗާޓަރުކޮށްފައިވާ ބޯޓު ވެއްޓިފައި ވަނީ މުމްބާއީގެ އިރުމަތީގެ ގަތުކޮޕާރު އޭރިއާގައި ހަދަމުންދިޔަ އިމާރާތެއްގެ މައްޗަށެވެ. ފަޔާ އޮފިޝަލުން ބުނެފައި ވަނީ މަރުވެފައި ވަނީ ބޯޓުގައި ތިބި ހަތަރު މީހުންނާއި ބިން މަތިން މީހެއް ކަމަށެވެ.

މުމްބާއީގެ އިމާރާތެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
މުމްބާއީގެ އިމާރާތެއްގެ މައްޗަށް ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓިފައި ވަނީ ޖައްސަން ޕައިލެޓް މަސައްކަތް ކުރި ވަގުތު ކަމަށެވެ. ބޯޓު ވެއްޓުމާ އެކު ވަނީ އަލިފާން ރޯވެފަ އެވެ.

"ބޯޓު ވެއްޓެން ދިޔަ މަންޒަރު އަހަންނަށް ފެނުނީ ބައިސްކަލްގައި ދަނިކޮށް. ވަގުތުން އެ ތަނަށް ގޮސް މީހުންނަށް އެހީވާން ފެށިން. އަދި ބައެއް މީހުން ހޮސްޕިޓަލަށް ފޮނުވުމުގައި ވެސް އެހީތެރިވެދިން،" މަންޒަރު ދުށް މީހެއް ކަމަށްވާ ޕްރަތަމެޝް ލޮކްހޭންޑް ބުންޏެވެ.

ވެއްޓިފައި ވަނީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝް އިން އަމިއްލަ ބަޔަކަށް ވިއްކާލި ބޯޓެކެވެ.