އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން
އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން

އދ. އޮމަދޫގައި ދިރިއުޅެމުން ދިޔަ ނިކަމެތި އާއިލާއެކެވެ. އީދެއް އައި ނަމަވެސް 12 މީހުންގެ އެ އާއިލާ އަށް އުފާވެރިކަމެއް ނުލިބެ އެވެ. ދިރިއުޅެން ޖެހިފައިވާ ނިކަމެތި ހާލުންނެެވެ. ނަމަވެސް އޭޑީކޭ ޖެނެރަލް ޓްރޭޑިން ކުންފުނީގެ އިސްނެގުމާ އެކު، އެ ކުންފުނިން ވަނީ އެ ނިކަމެތި އާއިލާ އަށް އެހީތެރިކަން ދީ އުފާވެރިކަން ގެނެސްދީފަ އެވެ.

އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން
އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން

މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން އޭޑީކޭ ޓްރޭޑިން ކުންފުންޏާއި ދަމާސް ފަރުނީޗަރު ފިހާރަ ގުޅިގެން ހިންގި ހަރަކާތުގައި، ދެ ކޮޓަރީގެ އެ ގެއަށް ބޭނުންވާ ފަރުނީޗަރު ދީ، އެ ގޭގެ ކުޑަކުދިން އީދު ހެދުން ލައްވައި މޭކަޕްކޮށް ރީތިކޮށްދީފައި ވެ އެވެ.

އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން
އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން

އޭޑީކޭ ޓްރޭޑިން އިން ބުނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެހީވާނެ އާއިލާއެއް ކަނޑައެޅީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހިޝާން އަހުމަދުގެ އެހީތެރިކަމާއެކު އެވެ. އެގޮތުން އެ ހަރަކާތުގެ ކުރިން އޮމަދޫއަށް ދެ ފަހަރެއްގެ މަތިން ދަތުރުކޮށް، އެ އާއިލާގެ ހާލަތު ރަނގަޅަށް ބަލާފައި ވެ އެވެ.

އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން
އެހީވުމުގެ ރީތި ނަމޫނާ، އޭޑީކޭ ޓްރޭޑިންގެ ވީޑިއޯއަކުން

އެ ދަތުރުގައި އޭޑީކޭ ކުންފުނިން ބައިވެރިވި މުވައްޒަފަކު ބުނީ، އޮމަދޫގެ އެ އާއިލާގެ ނިކަމެތި ދިރިއުޅުން ފެނިފައި ވަރަށް ހިތްދަތިވި ކަމަށެވެ.

"އެ ރަށަށް ދެ ފަހަރު ދަތުރުކޮށް، އެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ފެނުނު ފުރަތަމަ ދުވަހު ހިތްފަޅައިގެން ދިޔަ. ވަރަށް ހިތްދަތިވި އެ ދިރިއުޅުން ކައިރިން ފެނިފައި. އެހެންވެ ބޭނުންވީ، އެ އާއިލާގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން،" އެ ކުންފުނީގެ މުވައްޒަފަކު ބުންޏެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން އޮމަދޫ އާއިލާއަށް އެހީދިނުމުގައި ދަމާސް ފަރުނީޗަރު ފިހާރައިން ވެސް، އެ ގެއަށް ބޭނުންވާ ފަރުނީޗަރާއި ސޯފާއާ ގޮދަޑި ފަދަ އެއްޗެހި ދީފައި ވެ އެވެ.

ހަތް ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންގެ ހަރަދުތައް ބަލަހައްޓަމުން އަންނަނީ، އެ ކުދިންގެ ބައްޕަ އެވެ. އެ ގޭގެ 12 މީހުން އެންމެެ ތިން ގޮދަޑީގައި ނިދާ އިރު، ފާހާނާ އަށް ދަނީ ގެފިއްޔަށެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން އޭޑީކޭ ޓްރޭޑިން ކުންފުނިން ވަނީ، އެ ގޭގައި ރަނގަޅު ފެންވަރުގެ ފާހަނާއެއް ހަދައިދީ، ގޭގައި ކުލަލައި ފަރުނީޗަރު ބަހައްޓައިދީފަ އެވެ.

އެ އެހީތަކާ ގުޅިގެން ބައްޕަ ބުނީ، މިފަދަ ދަނޑިވަޅެއްގައި އޭނާގެ އާއިލާ އަށް އެ ދިނީ ބޮޑު އެހީއެއް ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.

ގޭތެރެ ޒީނަތްތެރިކޮށްދިނުމުގެ އިތުރުން އެ އާއިލާއަށް ވަނީ އީދު ކެއުމެއް ދީފަ އެވެ. އެ ކެއުމުގައި ރަށުގެ އުމުރުން ދުވަސްވީ މީހުންނާއި އެ ރަށުގެ ހިދުމަތްތެރިން ވެސް ބައިވެރިވި އެވެ.

އެ ކުންފުނިން މިހާރު ވަނީ މާސްޓަޝެފް ރައިސްގެ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާއިން، އެފަދަ ނިކަމެތި އާއިލާތަކަށް އެހީދޭން ނިންމައިފަ އެވެ.