ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް
ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް

ކުއާލަ ލަމްޕޫރު (ޖޫން 27) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި ހަ އިމާރާތަކުން ފެނުނު ގަހަނާ އާއި އަގު ބޮޑު ހޭންޑް ބޭގުތަކާ އަދި ފައިސާގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން މިއަދު ބުނެފި އެވެ.

ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް
ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް

"ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ ރީޓެއިލް އަގު އުޅެނީ 910 މިލިއަނާއި 1.1 ބިލިއަން ރިންގާ ދެމެދު،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެލޭޝިއާ ފުލުހުންގެ ކޮމާޝަލް ކްރައިމް ޔުނިޓުގެ ޑިރެކްޓަރު އަމަރު ސިންގް ވިދާޅުވި އެވެ. "އެއީ ގާތްގަނޑަކަށް 225-273 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް."

ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް
ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް

ނަޖީބާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި 116 މިލިއަން ރިންގިޓް (28.8 މިލިއަން ޑޮލަރު) އާއި 26 ގައުމެއްގެ އެކި އަދަދުތަކުގެ ފައިސާ އާއި 12،000 ގަހަނާއި އެތައް ސަތޭކަ ހޭންޑް ބޭގަކާއި ގިނަ އަދަދެއްގެ ގަޑި ހިމެނެ އެވެ. މީގެ އިތުރުން ކަރުގައި އަޅާ 1،400 ފަށާއި 2،200 އަނގޮޓި ވެސް ހިމެނެ އެވެ. މީގެ ތެރޭން އެއް ފަށުގެ އަގު 6.4 މިލިއަން ރިންގިޓް (1.5 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް
ނަޖީބާ ގުޅުންހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް

ނަޖީބާ ގުޅުން ހުރި ތަންތަނުން ވަނީ 567 އަތް ދަބަސް ހޯދައިފަ އެވެ. މީގެ ތެރޭގައި 272 ހަމޭސް ދަބަސް ހިމެނެ އެވެ. މި ދަބަސްތަކުގެ އަގު 51.3 މިލިއަން ރިންގިޓަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. ދެން ހުރި ދަބަސްތަކުގެ އަގު ސާފު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ނަޖީބުގެ އެޕާޓްމަންޓްތައް ބަލާ ފާސްކުރި އިރު ފެނުނު ގަޑިތަކުގެ ތެރޭން 423 ގަޑީގެ އަގު 78 މިލިއަން ރިންގިޓް (19.3 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ. އަދި 234 އަވި އައިނު ފެނިފައިވެ އެވެ.

އަމަރު ސިންގް ވިދާޅުވީ މިއީ މެލޭޝިއާގެ ތާރީޚުގައި ވެސް ފުލުހުން މިހާ އަގު ބޮޑު ސާމާނުތަކެއް ހިފެހެއްޓި ފުރަތަމަ ފަހަރު ކަމަށެވެ.

ބޮޑު ވަޒީރު ކަމުގައި ހުންނެވި އިރު ނަޖީބުގެ ރަސްމީ މުސާރަ އަކީ މަހަކު 22،827 ރިންގިޓް (5،670 ޑޮލަރު) އެވެ.

މެލޭޝިއާގައި ބޭއްވި އިންތިޚާބު ނަޖީބަށް ގެއްލުމުގެ މައިގަނޑު ސަބަބަކީ ވެސް އޭނާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތެވެ. އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ތުހުމަތު ނަޖީބާއި އޭނާގެ އެކުވެރިންގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު ބޭނުން ކުރައްވާ އަގު ބޮޑު ގަހަނާ އާއި އަތްދަބަސްތަކުގެ ހަގީގަތް އެނގުމުން އާއްމުންގެ ރުޅިވެރިކަން ވަނީ ބޮޑުވެފަ އެވެ.