"ފެނީ ހާން" ގެ ކްރެޑިޓް ނުދީގެން ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދީފި
"ފެނީ ހާން" ގެ ކްރެޑިޓް ނުދީގެން ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދީފި

އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރް މުހިއްމު ރޯލްތަކުން ފެނިގެންދާ ފިލްމް "ފެނީ ހާން" ގެ ފުރަތަމަ ޕޯސްޓަރާއި ޓީޒާ ދައްކައިލި އިރު، އޭގައި ކްރެޑިޓް ދީފައި ނުވާތީ ޕޫޖާ އެންޓަޓައިންމަންޓްގެ ވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އެ ފިލްމްގެ ޓީމަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.

"ފެނީ ހާން" ގެ ކްރެޑިޓް ނުދީގެން ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދީފި
"ފެނީ ހާން" ގެ ކްރެޑިޓް ނުދީގެން ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދީފި

"ފެނީ ހާން" އިއުލާން ކުރި ކްރިއާޖް އެންޓަޓައިމަންޓުން ގެނެސްދޭ ފިލްމެއްގެ ގޮތުގައި ކަމަށް ވިޔަސް މި ފިލްމް މިހާރު ސްކްރީނަށް ގެނެސް ދެނީ ބުޝަން ކުމާރް ޓީ ސީރީޒާއި އޯމް ޕްރަކާޝް މެހެރާގެ އިތުރުން އަނިލްގެ ފިލްމް ކުންފުނި ގުޅިގެންނެވެ.

މި މައްސަލާގައި ވާޝޫ ބުނި ގޮތުގައި އޭނާގެ ކުންފުންޏާއި ކްރިއާޖާ ދެމެދު މާ ކުރިން އޮތީ ފިލްމްގެ ޑިސްޓްރިބިއުޝަން ރައިޓްސްގެ އެއްބަސްވުމެއް ހަދައިފަ އެވެ. އަދި ފިލްމަށް އޭނާ 8 ކްރޯޑް ރުޕީސް ވެސް އިންވެސްޓް ކުރި ކަމަށް ބުންޏެވެ.

އެކަމަކު އޭނާ އަށް އެއްވެސް ވަރަކަށް ކްރެޑިޓް ނުދީ "ފެނީ ހާން" އާ ގުޅޭ ނިންމުންތައް ނިންމަމުންދާތީ އެކަމުގެ ނޯޓިސް ފޮނުވައި، އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

ވާޝޫ ބުނި ގޮތުގައި ފިލްމް އެކްޒިބިޓްކޮށް، ޑިސްޓްރިބިއުޝަނާ ހަވާލުވެފައި ވަނީ އޭނާގެ ކުންފުނި ޕޫޖާ އިން ކަމަށްވާތީ، ފިލްމް ރިލީޒް ކުރާ ތާރީހު ފަދަ ކަންކަން އޭނާގެ ހިއްސާއެއް ނެތި ނުނިންމޭނެ އެވެ.

އަތުލް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ "ފެނީ ހާން" އެންމެ ފުރަތަމަ ރިލީޒް ކުރަން އޮތީ އަންނަ މަހުގެ 13 ގަ އެވެ.

އެކަމަކު މިހާރު ވަނީ އޮގަސްޓް 3 އަށް ފިލްމް ފަސްކޮށްފަ އެވެ.

"ފެނީ ހާން" ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަނިކޮށް، ފިލްމަށް މައްސަލަތަކެއް ކުރިމަތިވި ނަމަވެސް މިކަމާ ބެހޭ ގޮތުން ޓީ ސީޒީރާއި އޯމް ޕްރަކާޝް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ މި ފަހުން ކްރިއާޖާ ގުޅިގެން ފިލްމްތައް ހަދާ މީހުންނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމެވެ.

އެގޮތުން ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ލޯންޗް ކުރަން އަބީޝެކް ކަޕޫރް ޑައިރެކްޓް ކުރާ "ކެދަރްނާތު" އަށް ވެސް މައްސަތަލައް ކުރިމަތިވެ، ފިލްމްގެ މަސައްކަތް ހުއްޓި، ކްރިއާޖާ ހަނގުރާމަ ކުރަން ޖެހުނެވެ. އެންމެ ފަހުން އެ މައްސަލަ ހައްލުވީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ މީގެ ތެރެއަށް ވަދެގެންނެވެ.

އަދި ދާދި ފަހުން ރިލީޒް ކުރި ޖޯން އަބްރަހަމްގެ "ޕަރްމަނޫ" ވެސް ރިލީޒް ކުރަން ޖެހުނީ ޖޯން އާއި ކްރިއާޖާ ދެމެދު ކުރި ހޫނު ހަނގުރާއެއް އެންމެ ފަހުން ޖޯން ކާމިޔާބުކޮށްގެންނެވެ.

ވާޝޫ ބުނި ގޮތުގައި ކްރިއާޖުން އިއުލާންކޮށް، އެކަމަކު މިހާރު ޓީ ސީރީޒްގެ ދަށުގައި އޮތް ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރްގެ "ބައްޓީ ގުލް މީޓަރު ޗާލޫ" އަށް ވެސް އޭނާ ވަނީ ހަރަދުތަކެއްކޮށް އެވެ. އެގޮތުން ފިލްމަށް 6 ކްރޯޑް އިންވެސްޓް ކުރި ކަމަށް ބުނެފައިވެ އެވެ.

އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 31 ގަ އެވެ.