މެލޭޝިއާގެ މިސްކިތަކަށް ޓޫރިސްޓުން ޒިޔާރަތްކުރުން މަނާކޮށްފި
މެލޭޝިއާގެ މިސްކިތަކަށް ޓޫރިސްޓުން ޒިޔާރަތްކުރުން މަނާކޮށްފި

ކުއާލަ ލަމްޕޫރު (ޖޫން 26) - ކުރު ހެދުމުގައި ތިބި އަންހެން ދެ ޓޫރިސްޓަކު މިސްކިތެއްގެ ބޭރުގައި ނަށާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު ބޯނިއޯ އައިލެންޑުގެ ކޮޓާ ކިނަބަލޫ ސިޓީ މިސްކިތަށް ޓޫރިސްޓުން ޒިޔާރަތް ކުރުން މަނާކޮށްފި އެވެ.

މެލޭޝިއާގެ މިސްކިތަކަށް ޓޫރިސްޓުން ޒިޔާރަތްކުރުން މަނާކޮށްފި
މެލޭޝިއާގެ މިސްކިތަކަށް ޓޫރިސްޓުން ޒިޔާރަތްކުރުން މަނާކޮށްފި

ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ދެ އަންހެނުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެއީ އިރުމަތީ އޭޝިއާގެ ގައުމެއްގެ ދެ އަންހެނުން ކަމަށް ބެލެވެ އެވެ. ފޭސްބުކުގައި އާއްމު ކުރި އެ ވީޑިއޯ ވަނީ 270،000 ފަހަރު ބަލައިފަ އެވެ.

ސަބާ ސްޓޭޓުގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ބުނީ އެ ވީޑިއޯގެ ސަބަބުން މުސްލިމުން އަޅުކަން ކުރާ ތަންތަނުގެ ހުރުމަތް ކަނޑާލައި އަދި ޓޫރިސްޓުންނަށް ދޭ މެހްމާންދާރީގެ އަގު ވައްޓާލައިފި ކަމަށެވެ. މިސްކިތުގެ ޗެއާމަން މިހާރު ވަނީ އެ މިސްކިތުގެ ހަރިއްމަ ތެރެއަށް ޕަބްލިކް ޓްރާންސްޕޯޓް ވެހިކަލްތައް ވެއްދުން މަނާކޮށްފަ އެވެ. އަދި އެ ބާވަތުގެ ހާދިސާތައް ތަކްރާރުވިޔަ ނުދިނުމަށް ޓުއާ އެޖެންސީތަކާ އެކު އިތުރަށް މަޝްވަރާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މެލޭޝިއާގެ މިސްކިތްތަކަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ނިވާކަން ބޮޑު ހެދުންލުމަށް ވަނީ އަންގައިފަ އެވެ.