ވަގުތު ބޭކާރުވާ މީހުންނަށް އެހީއެއް
ވަގުތު ބޭކާރުވާ މީހުންނަށް އެހީއެއް

ވަގުތަކީ ހޯދީމަ ލިބޭ އެއްޗެކެވެ. ކިތަންމެ ގިނަ ވަގުތެއް އޮތަސް ރަގަޅަށް ސަމާލު ނުވެއްޖިއްޔާ އެ ގެއްލުނީ އަގުހުރި ވަގުތެކެވެ. ހޯދުންތަކުން އެނގޭ ގޮތުގައި އިންސާނެއްގެ ސަމާލުކަން ކޮންމެ ތިން މިނިޓަކުން ގެއްލެއެވެ. އެއީ އަހަރަކު 31 ދުވަހުގެ ވަގުތެވެ. ނިސްބަތުން މިއީ ވަރަށް ބޮޑު ގެއްލުމެކެވެ. މިކަން މިހެންވިޔަ ނުދޭން މިހާރު އޮތް ގޮތަކީ ތިމާ ކުރާ މަސައްކަތަށް ސަމާލުކަންދޭ މިންވަރަށް ފާރަލާނެ އާލަތެއް ކަމަށްވާ "ފޯކައީ" ބޭނުންކުރުމެވެ.

ފޯކައީ އަކީ ހަރުވާޅު ނުވަތަ ފަޓުލޫނުގެ އުނަގަނޑުގައި ތިއްބާލާ ކުޑަ ކުޑަ އާލާތެކެވެ. މީގެ މަސައްކަތަކީ ފުއްޕާމޭގެ ހަރަކާތުން ނޭވާލުމަށް އަންނަ ބަދަލުތައް ދެނެގަނެ، މަސައްކަތުގައި ހޭދަކުރާ ވަގުތު އަންނަ އެކި އިހުސާސްތައް މިނައި، ވަޒަންކުރުމެވެ. މަސައްކަތުގެ ސަމާލުކަން ކިރިޔާވެސް ގެއްލެމުންދާ ނަމަ މި އާލާތުން އެކަން ހަނދާންކޮށްދޭން އިޝާރާތެއް އާދެއެވެ.

މަސައްކަތަށް ދޭންވާ އަހަންމިއްޔަތު ދެވޭ ވަރަކާއި ސަމާލުކަން ގެއްލޭ މިންވަރުގެ ތަފާސް ހިސާބު، ފޯކައީގެ އެޕުން ދެނެގަނެވެން ހުރެއެވެ. މި ތަފާސް ހިސާބު ނަގަނީ ސިކުނޑިއަށް އަންނަ ހަ ހާލަތެއްގެ މައްޗަށެވެ. އޭގެތެރޭގައި ސަމާލުކަމަށް ހުރަހެއް އައުމާއި ވަރުބަލިކަމާއި ހަމަޖެހުމާއި ފުރިހަމަ ސަމާލުކަމާއި ކަންބޮޑުވުން ވެސް ހިމެނެއެވެ.