25 ޖޫން 2018 - 13:37

އަންކަރާ (ޖޫން 25) - ތުރުކީގައި އިއްޔެ ބޭއްވި ރިޔާސީ އަދި އާއްމު އިންތިޚާބް އޮބްޒާވް ކުރަން ދިޔަ ފްރާންސްގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދު ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
"ވޯޓުގައި ހެދި މަކަރާއި އޮޅުވާލުންތަކަށް އެއްވެސް ފާޑުކިޔުމެއް ރައްދުވާކަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބޭނުމެއް ނުވި،" ކޮމިއުނިސްޓް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ސެނެޓަރެއް ކަމަށްވާ ކްރިސްޓީން ޕްރުނައުޑް ވެސް ހިމެނޭ ކަމަށެވެ.
ތުރުކީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ހުއްދަ ނުހޯދައި އިންތިޚާބު އޮބްޒާވަރުންގެ ގޮތުގައި އުޅުނު ޔޫރަޕުގެ 10 މީހަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އޭގެ ތެރޭގައި ފްރާންސްގެ ތިން މީހަކާއި ޖަރުމަނުގެ ތިން މީހުން ވެސް ހިމެނޭ ކަމަށެވެ.
ފްރާންސްގެ ކޮމިއުނިސްޓް ޕާޓީން ތުރުކީ އަށް ދިޔަ ވަފުދުގައި ހިމެނޭ މެންބަރަކު ބުނީ އިރުމަތީގެ އަގްރީން އިން އެ މީހުން ހައްޔަރުކޮށްގެން ޕޮލިސް ސްޓޭޝަނަކަށް ގެންދިޔަ ގޮތަށް ވޯޓުލުން ނިމެންދެން އެ ތަނުގައި ބޭތިއްބި ކަމަށެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބު އުރުދުޣާން ވަނީ 53 ޕަސެންޓް ވޯޓުން ކާމިޔާބު ކުރައްވައި ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.