ދަރިފުޅަށް ކިޔާނެ ނަމެއް ނިންމީ އަވަށު އެންމެންގެ ވޯޓަކުން
ދަރިފުޅަށް ކިޔާނެ ނަމެއް ނިންމީ އަވަށު އެންމެންގެ ވޯޓަކުން

އިންޑިއާގެ ދެމަފިރިއަކަށް ލިބުނު ފިރިހެން ދަރިއަކަށް ކިޔާނެ ނަމެއް ކަނޑައަޅަށް މުޅި އަވަށު އެންމެން ބައިވެރިކޮށްގެން ވޯޓު ނަގައިފި އެވެ.

އޭޕްރީލް 5 ގައި މިތުން ބަންގް އާއި މަނާސީ ބަންގަށް ލިބުނު ދެވަނަ ދަރިފުޅަށް ކިޔާނެ ނަމެއް ނިންމީ މި މަހުގެ 15 ވަނަ ދުވަހު މަހާރަޝްތާ ސްޓޭޓްގައި އެ މީހުން ދިރިއުޅޭ ގޮންޑިޔާ އަވަށުގައި ނެގި ވޯޓަކުންނެވެ.

ވޯޓް ކަރުދާސްކޮޅުގައި ތިން ނަމެއް ޖަހާފައި އޮތެވެ. އެއީ ޔަކްޝް، ޔުވާން އަދި ޔުއާވިކް އެވެ.

އެ ތިން ނަމަށް ވޯޓްލާން ފޮށިތަކެއް ބަހައްޓާފައި ހުއްޓެވެ. އަވަށުގެ ގިނަ ބަޔަކަށް ވޯޓްގައި ބައިވެރިވާން ދައުވަތު ދިނެވެ. އޭގެ ތެރޭގައި އިންޑިއާގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ.

ވޯޓް ލާން ދިޔަ މީހުންގެ ތެރޭގައި ދާދި ފަހުން ލޯކް ސަބާ އިން އިސްތިއުފާ ދިން މެމްބަރެއް ކަމަށްވާ އެމްޕީ ނާނާ ޕެޓޯލޭ ވެސް ހިމެނެ އެވެ.

ދަރިފުޅަށް ކިޔާނެ ތިން ނަމުގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޔުވާންއަށެވެ. ވޯޓްލީ 192 މީހުންގެ ތެރެއިން ޔުވާން އަށް 92 ވޯޓް ލިބުނެވެ. އެހެންވެ ދަރިފުޅަށް ކިޔާފައި ވަނީ އެ ނަމެވެ.

މިކަމާ ބެހޭ ގޮތުން މިތުން، 34، ބުނީ މީގެ ފަސް އަހަރު ކުރިން އެ މީހުންނަށް ލިބުނު އަންހެން ދަރިފުޅަށް ކިޔާނެ ނަމެއް ހޮވަން ވެސް ވޯޓެއް ލާން ތައްޔާރުވި ކަމަށެވެ. އެކަމަކު އެ ފަހަރު އެކަން ރޭވި ދުވަސްވަރާ ދިމާކޮށް، އާއިލާގެ މީހަކު މަރުވެގެން "އިންތިހާބު" ބޭއްވޭ ގޮތެއް ނުވި ކަމަށް ބުންޏެވެ.

އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ ބޫމީ އެވެ.