ފްލާވާ ކްރައުން އަށް ވުރެ މާމެއިޑް ކްރައުން ހިތްގައިމު
ފްލާވާ ކްރައުން އަށް ވުރެ މާމެއިޑް ކްރައުން ހިތްގައިމު

ފްލަވާ ކްރައުން އަކީ އެކި ކުލައިގެ މާ އަމުނާލައިގެން ހަދާ ތާޖެކެވެ. އަންހެނުން ޕާޓީތަކަށް ދާއިރު ފްލަވާ ކްރައުން އެޅުމަކީ މަގުބޫލު ސްޓައިލެކެވެ. މުޅި ދުނިޔޭގައި ވެސް، މިއުޒިކް ފެސްޓިވަލްތަކަށާއި ވެޑިން ހަފުލާތަކަށް އަންހެން ކުދިން އެކި ޒާތުގެ ފްލާވާ ކްރައުން އަޅަ އެވެ. ސްނެޕްޗެޓުގެ އެންމެ މަގުބޫލު ފިލްޓަރަކީ ވެސް ފްލާވާ ކްރައުން އަޅާލައިގެން ފޮޓޯ ނެގޭ ފިލްޓަރެވެ.

ފްލާވާ ކްރައުން އަށް ވުރެ މާމެއިޑް ކްރައުން ހިތްގައިމު
ފްލާވާ ކްރައުން އަށް ވުރެ މާމެއިޑް ކްރައުން ހިތްގައިމު

ނަމަވެސް، ފްލާވާ ކްރައުންގެ ސްޓައިލްތައް ބޭނުންކުރާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އެހެންވެ ފްލަވާ ކްރައުންގެ ފޯރި މަޑުމަޑުން ފަނޑުވަމުންދާކަން ވެސް ފާހަގަވެ އެވެ.

ފްލާވާ ކްރައުން އަށް ވުރެ މާމެއިޑް ކްރައުން ހިތްގައިމު
ފްލާވާ ކްރައުން އަށް ވުރެ މާމެއިޑް ކްރައުން ހިތްގައިމު

އޮސްޓްރޭލިއާގެ ފްލޯރިސްޓެއް ކަމަށްވާ ޗެލްސީ ޝީލްސް މިހާރު ވަނީ މުޅިން އާ ވައްތަރެއްގެ ތާޖެއް ފަރުމާކޮށްފަ އެވެ. އެކި ޒާތުގެ ބޮއްޔާއި މިނާ ބޭނުންކޮށްގެން އޭނާ ތައްޔާރުކޮށްފައިވާ މާމެއިޑް ކްރައުން އަކީ މިހާރު މަގުބޫލު ވަމުން އަންނަ އެކްސެސަރީ އެކެވެ. އިތާ މުތް އަދި އެކި ކުލައިގެ ބޮލި އެކި ޑިޒައިނަށް އަތުރާފައި ހުންނަ މާމެއިޑް ކްރައުން ފްލާވާ ކްރައުން އަކަށް ވުރެ ނަލަވެފައި ކޮންމެ ޕާޓީއަކަށް ވެސް އަޅާލަން ގުޅެ އެވެ.

މާމެއިޑް އިސްތަށިގަނޑު، ޓައިޓު އަދި އެކި ވައްތަރުގެ މާމެއިޑް ހެދުމާއި މޭކަޕް ސްޓައިލްތައް މަގުބޫލު ވަމުން އަންނަ ޒަމާނެއްގައި މާމެއިޑް ކްރައުނަކީ ވަރަށް އެކަށީގެންވާ ސްޓައިލެކެވެ. ޝީލްސްގެ ކްރައުންތައް ފެނުމުން ކޮންމެ މީހަކު ވެސް އެ އަޅާލާ ހިތްވާނެ އެވެ. ދިވެހިރާއްޖެ ފަދަ ވަށައިގެން ކަނޑު އޮންނަ ގައުމަކާ މި ސްޓައިލް ވަރަށް ގުޅެ އެވެ. އަދި އަމިއްލައަށް އެކި ކުލައިގެ ބޮލި ބޭނުންކޮށްގެން މާމެއިޑް ކްރައުނެއް ތައްޔާރުކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.