ތިން ގަޑިއިރު ތެރޭ ޖަޕާނުގެ އޭޓީއެމްތަކުން 13 މިލިއަން ޑޮލަރު ވަަގަށް ނަގައިފި
ތިން ގަޑިއިރު ތެރޭ ޖަޕާނުގެ އޭޓީއެމްތަކުން 13 މިލިއަން ޑޮލަރު ވަަގަށް ނަގައިފި

ޖަޕާނުގެ އޭޓީއެމްތަކުން 1.4 ބިލިއަން ޔެން (ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު) ވަގަށް ނަގާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ތިން ގަޑިއިރު ތެރޭ ޖަޕާނުގެ އޭޓީއެމްތަކުން 13 މިލިއަން ޑޮލަރު ވަަގަށް ނަގައިފި
ތިން ގަޑިއިރު ތެރޭ ޖަޕާނުގެ އޭޓީއެމްތަކުން 13 މިލިއަން ޑޮލަރު ވަަގަށް ނަގައިފި

މި ބޮޑު ވައްކަންކޮށްފައި ވަނީ ޖަޕާނުގެ އެކި ހިސާބުތަކުގައި ހުރި 1،400 މެޝިނުން މެއި 15 ވަނަ ދުވަހުގެ ފަތިހު 5 އާއި ހެނދުނު 8 އާ ދެމެދު އެވެ. ފުލުހުންނާ ހަވާލާދީ ކިއޯޑޯ ނިއުސް އެޖެންސީން ބުނީ މި ބޮޑު ވައްކަމުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވަފއިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭޓީއެމުން ވައްކަން ކުރަން ބޭނުންކޮށްފައި ވަނީ ދެކުނު އެފްރިކާގެ ސްޓެންޑާޑް ބޭންކުގެ ފޭކް ކޭޝް ކާޑުތަކެކެވެ. ވައްކަންކުރި ކޮންމެ އޭޓީއެމަކުން ވަނީ 100،000 ޔެން (900 ޑޮލަރު) ނަގައިފަ އެވެ. މިއީ އެއް ފަހަރާ ޖަޕާނުގެ މެޝިންތަކުން ނެގޭ އެންމެ ބޮޑު އަދަދެވެ.

ރޮއިޓާސް އެފްރިކާ އިން ބުނީ މި ވައްކަމުގެ ސަބަބުން ސްޓެންޑާޑް ބޭންކަށް 300 މިލިއަން ރެންޑް (19 މިލިއަން ޑޮލަރު) ގެ ގެއްލުންވާނެ ކަމަށެވެ. އެކަމަކު ބޭންކުން ބުނެފައި ވަނީ ބައިނަލްއަގުވާމީ މި ވައްކަމުގެ ސަބަބުން އެ ބޭންކުގެ އެއްވެސް ކަސްޓަމަރަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ވައްކަންކޮށްފައިވާ އިރު ކްރެޑިޓް ކާޑް ނެޓްވޯކްތައް ކަމަށްވާ ވިސާ އާއި މާސްޓާކާޑުން ދަނީ މެގްނެޓިކް ސްޓްރައިޕް ކާޑުގެ ބަދަލުގައި ޗިޕް ކާޑު ބޭނުން ކުރަން ތައްޔާރުވަމުންނެވެ.

ބީބީސީން ބުނީ ވައްކަމާ ގުޅޭ ގޮތުން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމަކު ސެކިއުރިޓީ ކެމެރާގެ އެހީގައި، ވައްކަމުގައި ބައިވެރިވި ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށެވެ.