ފަހުން ކިޔާލަން ކްރޯމުން ލިޔުންތައް ރައްކާކޮށްދެނީ
ފަހުން ކިޔާލަން ކްރޯމުން ލިޔުންތައް ރައްކާކޮށްދެނީ

އާންމުކޮށް ބޭނުންކުރާ އިންޓަނެޓް ކަނެކްޝަންގެ ސްޕީޑް ދަށްވުން ނުވަތަ އެހެން ކަމަކާ ހުރެ ނަމަވެސް އާޓިކަލްތައް ހުޅުވައިނުލެވޭ ނަމަ ދެން އެކަން ހައްލުކޮށްދޭނީ ގޫގުލްގެ އިންޓަނެޓް ބްރައުޒާ ކްރޯމުންނެވެ.

ވައިފައި ލިބޭ ތަނެއްގައި އެންޑްރޮއިޑް ފޯނެއް/ޓެބްލެޓެއް ބޭނުން ކުރާ ނަމަ، އެ މީހަކު އެންމެ އާންމުކޮށް ކިޔައި އުޅޭ އެއްޗިއްސާއި ވަންނަ ވެބްސައިޓްތަކުގައި ހުންނަ އާޓިކަލްތައް އޯފްލައިންގައި ވެސް ކިޔައިލެވޭ ގޮތަށް ޑައުންލޯޑްވެފައި ހުންނާނެ އެވެ.

ކްރޯމަށް މި އިތުރު ކުރި ފީޗާގެ އެންމެ ރަނގަޅު ކަމަކީ ޑައުންލޯޑްކޮށް ދޭނީ އެ މީހަކު އާންމުކޮށް އެންމެ ގިނައިން ކިޔާ، އެންމެ ގިނައިން ބްރައުޒް ކުރާ ކޮންޓެންޓް އަދި އެންމެ މަގުބޫލު ލިޔުންތައް ކަމަށްވާތީ އެވެ.

ސީނެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރޮމޯށް އިތުރު ކުރި މި ފީޗާ ގޫގުލް ކްރޯމް ބޭނުން 100 އަށް ވުރެ ގައުމުގައި ލިބޭނެ އެވެ.

މިކަމާ ބެހޭ ގޮތުން ކްރޯމްގެ ޕްރޮކެޓް މެނޭޖަރު އެމަންޑާ ބޮސް ބުނި ގޮތުގައި އާ ފީޗާ ލިބޭނީ ކްރޯމްގެ އެންމެ ފަހުގެ ވާޝަނަށް ހިޖުރަ ކުރުމުންނެވެ. އެހެންވެ ފުރަތަމަ ކަމަކަށް ފަހުގެ ވާޝަން ޑައުންލޯޑްކޮށްލަން ޖެހޭނެ އެވެ.