ޒިމްބާބުވޭގެ ރައީސް މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެ
ޒިމްބާބުވޭގެ ރައީސް މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެ

ހަރާރޭ (ޖޫން 23) - ޒިމްބާބުވޭގެ ސިޓީއެއް ކަމަށްވާ ބުލަވަޔޯގައި ރައީސް އެމާސަން ނަންގަގްވާ ބައިވެރިވެވަޑައިގެންނެވި އެއްވުމަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކުން އެމަނިކުފާން ސަލާމަތްވީ ކިރިޔާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޒިމްބާބުވޭގެ ރައީސް މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެ
ޒިމްބާބުވޭގެ ރައީސް މަރުގެ އެތިފަހަރަކުން ސަލާމަތްވެއްޖެ

އެމާސަން ވެސް ވިދާޅުވެފައި ވަނީ ބޮން ގޮއްވާލާފައި ވަނީ އޭނާއާ މަދު އިންޗިތަކެއްހާ ދުރުން ކަމަށާއި އެކަމަކު މިއީ "އޭނާގެ ފަހަރަށް" ނުވި ކަމަށެވެ. ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ވައިޓް ސިޓީ ސްޓޭޑިއަމްގައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ ވާހަކަ ދެއްކެވުމަށް ފަހު ސްޓޭޖް ދޫކުރައްވާ އެމާސަން ވަޑައިގަންނަވަނިކޮށެވެ.

ރައީސް އެމާސަން އަށް ގެއްލުމެއް ނުލިބުނު ނަމަވެސް ނައިބް ރައީސް ކެމްބޯ މޮހަދީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް ސަރުކާރު ޓީވީން ބުނެފައިވެ އެވެ. އެމާސަން ވަނީ ޒަޚަމްވި މީހުންނާ ބައްދަލު ކުރުމަށް ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.

ޒިމްބާބުވޭގެ ހުދުމުހުތާރު ވެރިޔާ ރޮބަޓް މުގާބޭ މަގާމުން ދުރުކުރުމަށް ފަހު އެމާސަން ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ބުލަވަޔޯ ސިޓީ އަށް އެމާސަން ވަޑައިގެންނެވީ ޖުލައި 30 ވަނަ ދުވަހު އޮންނަ އިންތިޚާބަށް ކެމްޕޭން ކުރުމަށެވެ. މިއީ މުގާބޭގެ 37 އަހަރުގެ ވެރިކަމަށް ފަހު ޒިމްބާބުވޭގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.