އާމިރް ހާނާއި އާލިއާ ބަޓް އެކުގައި ސްކްރީނަށް ގެންނާނީ ކަރަން ޖޯހަރް
އާމިރް ހާނާއި އާލިއާ ބަޓް އެކުގައި ސްކްރީނަށް ގެންނާނީ ކަރަން ޖޯހަރް

މީގެ ކުރިން ވެސް އާމިރް ހާންގެ ފިލްމެއްގެ ބަތަލާގެ ރޯލަށް، ޒުވާން ބަތަލާ އާލިއާ ބަޓް ގެންނަން އުޅޭ ކަމަށް އަޑު ފެތުރުނެވެ. އެއީ މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ.

އާމިރް ހާނާއި އާލިއާ ބަޓް އެކުގައި ސްކްރީނަށް ގެންނާނީ ކަރަން ޖޯހަރް
އާމިރް ހާނާއި އާލިއާ ބަޓް އެކުގައި ސްކްރީނަށް ގެންނާނީ ކަރަން ޖޯހަރް

އެކަމަކު އެކަން ހަގީގަތަކަށްވާ ގޮތް ނުވިޔަސް، އަނެއްކާ ވެސް މިއޮތީ ހަމަ އާމިރާއި އާލިއާގެ ފިލްމެއްގެ ވާހަކަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި ދީނީ ލީޑަރެއްގެ ގޮތުގައި އޯޝޯގެ ނަމުން މަޝްހޫރުވި އަޗަރިއާ ރަޖްނީޝްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ކަރަން ޖޯހަރް ވަނީ ނިންމައިފަ އެވެ. އަދި އެ ފިލްމްގައި އޯޝޯގެ ރޯލް ކުޅެން އާމިރު ހާނަށް ހުށަހަޅާފައިވާ އިރު، ރަޖްނީޝް މޫވްމަންޓްގެ ތަރުޖަމާނަކަށް އުޅުނު މާ އާނަންދު ޝީލާގެ ރޯލް ވަނީ އާލިއާ އަށް ހުށަހަޅައިފަ އެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން ހަދާ މި ފިލްމްގެ ޑައިރެކްޓަރަކީ 2016 ގެ ކާމިޔާބު ފިލްމް "ކަޕޫރް އެންޑް ސަންސް" ގެ ޑައިރެކްޓަރު ޝަކޫން ބަޓްރާ އެވެ. އެ ފިލްމްގެ ބަތަލާއަކާ ވެސް އާލިއާ އެވެ.

އާމިރް މީގެ ކުރިން ކަރަންގެ ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާތީ އޯޝޯ ފިލްމްވެގެން ދާނީ ކަރަންގެ ދަރްމާގެ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފަހަރަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އާމިރް ވަނީ ފިލްމަށް މިހާރު ރަސްމީކޮށް އެއްބަސް ވެސް ވެފަ އެވެ.

އަދި ކަރަން މި ފިލްމް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

އޯޝޯގެ ވާހަކަ ދާދި ފަހުން ނެޓްފްލިކްސް އިން ވަނީ ޑޮކިއުމަންޓްރީއެއްގެ ގޮތުގައި ވެސް ގެނެސް ދީފަ އެވެ. އޭނާ މަރުވީ 1990 ގަ އެވެ.