25 ޖޫން 2018 - 07:02

ހަމަ ނިދި ނުލިބުމަކީ މިފަހަކަށް އައިސް ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. އެމެރިކާގައި 70 މިލިއަން މީހުންނަށް މިކަން ދިމާވެ، މިކަމަށް ފަރުވާ ހޯދަން 16 ބިލިއަން ޑޮލަރު ޚަރަދުކުރަންޖެހިފައިވާ ކަމަށް އެމެރިކާގެ ސިއްހީ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ނިދުމުގެ މައްސަލަ ބޮޑަށް ފެންމަތިވަނީ ލޮލަށް އެޅޭ ނޫކުލައިގެ އަލީގެ ސަބަބުންނެވެ. މި ނޫކުލައިގެ އައްޔަކީ އިލެކްޓްރޯނިކް ޑިވައިސްތަކުން ނުކުންނަ އައްޔެވެ. ނިދުމުގެ ގުދުރަތީ ނިޒާމް ގުޅިފައިވަނީ އިރުގެ އައްޔާއެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޅި މާހައުލު އަލިކޮށްދޭ މަސްނޫއީ އަލިތަކުގެ ސަބަބުން ނިދުމަށް އަސަރުކުރާ ކަމަށް އިލްމުވެރިންގެ ހޯދުންތަކުން ދައްކައެވެ. މޯބައިލް ފޯނާއި ކޮމްޕިޔުޓަރާއި ގޭތެރޭގެ ދިއްލުންތަކުގައި ބޭނުންކުރާ ލެޑް ބޮކިތަކުގެ އައްޔަކީ ނިދުމަށް ނޭދެވޭ އަސަރުކުރުވާ ނޫކުލައިގެ އައްޔެވެ.
އިލެކްޓްރޯނިކް އާލާތްތަކުން ސަލާމަތްވުމަށްވުރެ މިހާރު އޮތީ އޭގެ ސަބަބުން ކުރާ ނުރައްކާ ކުޑަކުރެވޭނެ މަގުތައް ހޯދުމެވެ.
ސްވޮނީޒް މޮޑެލް އެކްސްއަކީ ލޮލަށް ގެއްލުން ދެނިވި ނޫކުލައިގެ އަލިން ލޮލަށް ސަލާމަތްކަން ހޯދައިދީ، ނިދި ހަމައަކަށް އަޅުވައިދިނުމުގެ ނިޔަތުގައި އުފެއްދި އައިނެކެވެ. ނިދުމުގެ ގަޑިއެއްގެ އިރު ކުރިން މި އައިނު އަޅާލަންވީއެވެ. ނިދަންވީމަ، އައިނު ބާލާފަ ނިދާނީއެވެ.
އައިނު އަޅައިގެން ހޭދަކުރި އެއް ގަޑިއިރަކީ ނުރައްކާތެރި ނޫކުލައިގެ އަލިން ލޮލަށް ހިމާޔަތް ލިބިފައިވާ އެއް ގަޑިއިރެވެ. މި ގޮތަށް މި އައިނު ބޭނުންކުރުމުން ކުރިއަށްވުރެ 11 މިނިޓް އަވަހަށް ނިދޭ ކަމަށް ދިރާސާއަކުން ދެއްކިއެވެ. އަދި 24 ގަޑިއިރު އިތުރަށް ނިދާލެވޭ ކަމަށްވެސް ދެއްކިއެވެ. މީގެ އައިނެއް މިވަގުތު ލިބެން ހުރީ 55އެމެރިކާ ޑޮލަރަށެވެ.