24 ޖޫން 2018 - 07:26

މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފިލްސްގައި މަސައްކަތް ކުރާ ކަޅު ނަސްލުގެ މީހުންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅެ، ކަޅު މީހުންގެ އަނބުރަށް ހުތުރުވާ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކައިފައިވާތީ ނެޓްފްލިކްސްގެ ޗީފް ކޮމިއުކޭޝަން އޮފިސަރު (ސީސީއޯ) ގެ މަގާމުގައި ހުރި ޖޮނަތަން ފްރައިޑްލަންޑް މަގާމުން ވަކިކޮށްފި އެވެ،
އޭނާ ވަނީ ނެޓްފިލްސް އިން ދޫކޮށް ދާކަން އަމިއްލަ އަށް ހުކުރު ދުވަހު ކުރި ޓްވީޓްތަކެއްގައި ވެސް ބުނެފަ އެވެ.
ޖޮނަތަން މަގާމުން ވަކިކުރިކަން ހާމަކޮށް، ނެޓްފްލިކްސްގެ ޗީފް އެކްޒެކްޓިވް އޮފިސަރު (ސީއީއޯ) ރީޑް ހެސްޓިންގްސް ހުކުރު ދުވަހު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވިދާޅުވީ ދެ ފަހަރެއްގެ މަތިން މިހާރު، ޖޮނަތަންގެ ފަރާތުން ކަޅު ކަޅު މުވައްޒަފުންނަށް ފުރައްސާރައާ ކުތިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ނެޓްފްލިކްސްއަކީ އަބަދުވެސް ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގެންގުޅެން ބޭނުންވާ ތަނެއް ކަމަށް ބުންޏެވެ.
ރީޑް ވިދާޅުވީ ވަކި ކުލައެއްގެ މީހަކަށްވެގެން އެ މީހެއްގެ އަބުރާއި ކަރަމާތަށް އަރައި ނުގަނެވޭނެ ކަމަށާއި އެއީ އިންސާނިއްޔަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.
އެކަމަކު ނެޓްފްލިކްސްގެ އިސް މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން، ޖޮނަތަންގެ ފަރާތުން ކަޅު މުވައްޒަފުންނަށް ފުރައްސާރަ ކުރުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި އެފަދަ ކަމެއް އެ ކުންފުނީގެ އިތުރު މުވައްޒަފެއްގެ ފަރާތުން ނުފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ރީޑް ވިދާޅުވި އެވެ.
ކުރިން ޑިޒްނީގައި ވެސް މަސައްކަތްކޮށްފައިވާ ޖޮނަތަން، 51، ނެޓްފްލިކްސްއާ ގުޅުނީ 2011 ގަ އެވެ. އޭނާ އެންމެ ފުރަތަމަ އަދާ ކުރީ އެ ކުންފުނީގެ ކޮމިއުނިކޭޝަންގެ ވައިސް ޕްރެޒިޓެންޑްގެ މަގާމެވެ. ސީސީއޯގެ މަގާމަށް ޖޮނަރަން ޕްރޮމޯޓްވީ 2012 ގަ އެވެ.